ads
އާމިރު ހާން ކައިވެނި ޕާޓީގައި އަސާގަނޑަކާއެކު
އާމިރު ހާން ކޮރު ވެއްޖެ، ހިނގަނީ އަސާގަނޑެެއްގެ އެހީގަ
އާމިރު ހާންގެ ފަޔަށް ދިމާވެފައިވާ މައްސަލައެއްގެ ސަބަބުން އޭނާ ކޮރުވެފައިވާކަމަށް އިންޑިއާގެ ބައެއް ނޫސްތަކުން ރިޕޯޓުކޮށްފިއެވެ.

މިގޮތުން އިންޑިއާގެ ސޯޝަލް މީޑިއާގައި ވައިރަލްވެފައިވާ މަންޒަރުތަކުން ފެންނަނީ އާމިރުހާން އަސާގަނޑެއްގެ އެހީގައި ހިނގާ އުޅޭތަނެވެ. 

އާމިރު ހާން އަސާގަނޑު ހިފައިގެން ހިނގާފައި ދިޔައީ އޭނާގެ ރަހުމަތްތެރިއެއްގެ ކައިވެނި ޕާޓީއަށެވެ. އާމިރު ހާން އެންމެ ފަހުން ކުޅުނު ފިލްމު 'ލާލް ސިންގްހް ޗައްދާ' ފްލޮޕްވުމަށްފަހު އޭނާ މިވަގުތު ހުރީ 'ބްރޭކެއް' ގައި ކަމަށް އާމިރު ހާން ވަނީ ބުނެފައެވެ. 

އެ ފިލްމާ ގުޅިގެން އާމިރު ހާންގެ އާއިލާއަށް ބަޔަކު ހަމަލާ ދޭން އުޅުމުން އޭނާގެ އަނބި ދަރިން ފިލަން އިންޑިއާއިން ވެސް ފުރިއެވެ. 

ކޮރު ޖަހާފައި އާމިރު ހާން ހިނގާތީ އޭނާގެ ފޭނުން ވަނީ ވަރަށް ބޮޑަށް ކަންބޮޑުވުން ފާޅުކުރަމުންނެވެ. ނަމަވެސް އާމިރު ހާންގެ ފަޔަށް ދިމާވެފައިވަނީ ކޮން މައްސައެއް ކަމެއް އޭނާގެ ފަރާތުން ހާމައެއް ނުކުރެއެވެ. އާމިރު ހާންގެ މެނޭޖަރު ވެސް މި މައްސަލައިގައި މިހާތަނަށް އެއްވެސް އެއްޗެއް ނުބުނެއެވެ.

40%
ކަމުގޮސްފި
20%
އަޑުއެހިތާ މިހުރީ
30%
ސަތޭކައަކުން ސުމެއް
10%
ވަރަށް ސަލާމް
ކޮމެންޓްސް