ads
ޑރ. މައުސޫމް އަދި ގަމު ދާއިރަގެ މެންބަރު މުހައްމަދު ވިސާމް
ބޮޑުފިނޮޅު ޓްރޭނިން ރިސޯޓުގެ މައްސަލަ ކުރިއަކަށް ނުކަނޑާ: މިނިސްޓަރު
ލ. އަތޮޅު ބޮޑު ފިނޮޅުގައި އަމިއްލަ ކުންފުންޏަކާއި މީގެ 13 އަހަރު ކުރިން ހަވާލުކުރި ޓޫރިޒަމް ޓްރޭނިން ރިސޯޓްގެ އެއްވެސް މަސައްކަތް ނުކުރެވޭއިރު، ކޯޓުން ބޭރުގައި އެ މައްސަލަ ހައްލުކުރުމަށް ކުރި މަސައްކަތް ކުރިއަކަށް ނުދާކަމަށް ޓޫރިޒަމް މިިނިސްޓަރު ޑރ. އަބްދުﷲ މައުސޫމް ވިދާޅުވެއްޖެއެވެ.

މިނިސްޓާ މިހެން ވިދާޅުވީ ގަމު ދާއިރާގެ މެންބަރު މުހައްމަދު ވިސާމް މިއަދު ރައްޔިތުންގެ މަޖިލީހުގައި ޓޫރިޒަމް މިނިސްޓާ ޑރ. މައުސޫމް އާއި ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ. 

ވިސާމް ކުރެއްވި ސުވާލަކީ 13 އަހަރުވީއިރު ވެސް ޓްރޭނިން ސްކޫލު ނެފުމުން، މިހާރު ހަވާލުކޮށްފައިވާ ކުންފުނިން އެ މަސައްކަތް ކުރިއަށް ގެންދާނެތޯ އަދި އެ ކުންފުނި އަތުން އެ ސަރަހައްދު ވަކިކޮށް އަލުން ބޮޑުފިނޮޅު ހަދަން ބަޔަކާ ހަވާލުކުރަން ވިސްނަވަންތޯ؟ އެވެ.

މި ސުވާލަށް ޖަވާބު ދެއްވަމުން މިނިސްޓަރު ވިދާޅުވީ ބޮޑުފިނޮޅުގެ މައްސަލަ ކޯޓުން ބޭރުން ހައްލުކުރުމަށް ކުރި މަސައްކަތް ނާކާމިޔާބުވެފައިވާ ކަމަށެވެ. 

"ލ. އަތޮޅު ބޮޑުފިނޮޅާއި ގަސްކަރަފިނޮޅު ޕްރިމިއާ އިކުއިޓީ ޕްރައިވެޓް ލިމިޑެޓަށް ތަރައްގީކުރެވިދާނެކަމަކަށް އަޅުގަނޑުމެން ގަބޫލެއް ނުކުރަން. އެ ތަންތަނުގެ މަސްސަލަ ވަނީ ކޯޓަށް ހުށަހަޅާފަ. އަދި އަވަސް ހައްލެއް ހޯދުމަށް ކޯޓުން ބޭރުގައި ވެސް ދަނީ މަޝްވަރާތައް ކުރެވެމުން. ޕްރިމިއާ އިކުއޓީ ޕްރައިވެޓް ލިމިޓެޓުން ހުށަހަޅާ ހުށަހެޅުމާ ސަރުކާރުން ހުށަހަޅާ ހުށަހެޅުމާ އެއްބަސް ނުވެވޭތީ މި މައްސަލަ ކޯޓުން ބޭރުން ކާމިޔާބު ކުރެވިދަނެކަމާމެދު މިހާރު ވަނީ ސުވާލު އުފެދިފަ،" މިިސްޓަރު މައުސޫމް މިއަދު މަޖިލީހުގައި ވިދާޅުވިއެވެ.

މިނިސްޓަރު ވިދާޅުވީ ރާއްޖޭގެ ފަތުރުވެރިކަން އިތުރަށް ކުރިއަށް ގެންދިއުމަށްޓަކާ ބައިނަލްއަގުވާމީ ކޮލެޖެއް ހުރުމަކީ ވަރަށް މުހިންމުކަމެއް ކަމަށެވެ. 

މިނިސްޓަރު ވިދާޅުވީ، ކުންފުނިން ދައުލަައް 2.7 މިލިއަން ޑޮލަރު ދައްކާފައިވާކަމަށެވެ. އޭގެ ބަދަލު އެ ކުންފުންޏަށް ދޭނެ ގޮތެއް ވެސް އެއީ ވިސްނަން ޖެހޭކަމެއް ކަމަށެވެ. 

"މައްސަލަ މިއޮތީ ކޯޓުން ބޭރުގަ ތާށިވެފަ. ކުރިއައަކަށް ނުކަނޑާ. ވަކިކޮށްލެވިދާނެ. ކުރީގަ ވެސް ސިޔާސީ ބޭނުމަށް ތަންތަން ވަކިކޮށްފަ އެބަހުރި. އެކަމަކު ވަކިކުރަންޖެހިއްޖެއްޔާ އަޅުގަނޑުމެން ވެސް ވަކިކުރާނަން. މިހާރު ދެ ރަށް ނުހެދޭ. މިހާރު މިއޮތީ ވަކިކުރަންޖެހޭ ހިސާބަށް ގޮސްފަ. ދޭންޖެހޭ އެއްޗެއް ދީފަވެސް،" މިނިސްޓަރު ވިދާޅުވިއެވެ.

މިނިިސްޓަރު ވިދާޅުވީ ލ. ކައްދޫ އެއާޕޯޓު އިންޓަނޭޝަނަލް އެއާޕޯޓަކަށް ހެދުމުން އެ ސަރަހައްދަށް ޓޫރިސްޓު އެނދުތަކެއް ބޭނުންވާކަމަށާއި، ޕްރިމިއާއަށް ދޫކޮށްފައިވާ ދެ ރަށުގައި އެނދުތަކެއް އެޅުން ވަރަށް މުހިންމުކަމަށެވެ. 

ބޮޑުފިނޮޅާއި، ލ ގަމު ތުނޑީއަވަށުން ބައެއް އެ ކުންފުންޏާ ހަވާލުކުރީ 2008 ވަނަ އަހަރުއެވެ. 

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް