
ފުލުހުން މިހާރު ދަނީ ދިރިވާލައިގެން ރާއްޖެއަށް ގެނެސްފައިވާ އެތަކެތި ނެގުމުގެ މަސައްކަތް ކުރަމުން ނެވެ.
ފުލުހުން ބުނިގޮތުން އެމައްސަލާގައި ހައްޔަރުކޮށްފައިވަނީ ލެޓްވިއާގެ 49 އަހަރުގެ ފިރިހެނެކެވެ. އޭނާ ހިފަހައްޓާފައިވަނީ ފުލުހުންނަށް ލިބުނު އިންޓެލިޖެންސް މައުލޫމާތަކާއި ގުޅިގެން އިމިގްރޭޝަން އަދި ކަސްޓަމްސްގެ އެހީތެރިކަމާއިއެކު އެވެ.
އެ މަސްތުވާތަކެތި އެތެރެކުރީ ދިރުވާލައިގެން ކަމަށްވާތީ އެތަކެތި ނެގުމުމުގެ މަސައްކަތް ކުރަމުންދާތީ އޭނާ ރާއްޖެ އެތެރެކުރަން އުޅުނު މަސްތުވާތަކެތީގެ އަދަދެއް އަދި ފުލުހުންގެ ފަރާތުން ހާމައެއް ނުކުރެ އެވެ.
ޕޯސްޓު މެދުވެރިކޮށްގެންނާއި، ރާއްޖެއިން ބޭރުން އަންނަ މީހުންގެ ޒަރިއްޔާއިންވެސް މަސްތުވާތަކެތި ރާއްޖެ އެތެރެކުރުން މިހާރު ވަނީ އާންމުވެފަ އެވެ. ބައެއް މީހުން މިފަަދަ މައްސަލަތަކުގައި އަތުލައިގަނެވޭއިރު، އެކަށީގެންވާ ހެކި ނެތިގެން އެމީހުން ދޫކޮށްލަން ޖެހޭ ފަހަރުވެސް އާދެ އެވެ.
މިމަހުގެ ހަ ވަނަ ދުވަހު ގަތަރުގެ ދޯހާއިން ރާއްޖެއައި ބްރެޒިލްގެ 23 އަހަރުގެ އަންހެނަކު މަސްތުވާތަކެތި އެތެރެކުރިމަށް ތުހުމަތު ކުރެވިގެން ބަލާފާސްކުރެވުނު އިރު އޭނާގެ އަތުން ވެސް ވަނީ މަސްތުވާތަކެތި ފެނިފައެވެ.
އެތަކެތީގެ ބަރުދަނުގައި 2.6 ކިލޯ ހުރި އިރު، އެތަކަތީގެ މަގުމަތީ އަގަކީ 6.5 މިލިއަން ރުފިޔާ އެވެ.މި މަސްތުވާތަކެތި ފުލުހުންނާއި ހަވާލުކުރިއިރު އޭނާ ވަނީ އަބުރާ ގައުމަށް ފޮނުވާލާފަ އެވެ.