އޭނާ އަށް ހަމަލާދީފައިވަނީ، ހަމަލާދޭން މަސައްކަތް ކުރުމުން ވިލިމާލެ ފެރީ ޓާމިނަލް ތެރެއަށް ވަދެ ހުއްޓާ ކަމަށް ވެއެވެ. އޭނާ އަށް މިހާރު ދަނީ އޭޑީކޭ ގައި ފަރުވާދެމުން ނެވެ.
ފުލުހުން ބުނިގޮތުގައި، އެ ހަމަލާގެ ރިޕޯޓު ފުލުހުންނަށް ލިބުނީ މިއަދު 15:30 ހާއިރު އެވެ. އެމައްސަލަ ތަހުގީގު ކުރަމުންދާ ކަމަށް ބުނިނަމަވެސް އޭނާއަށް ލިބިފައިވާ އަނިޔާގެ ތަފްސީލެއް ނުދެ އެވެ.
އަދި މިކަމާއި ގުޅިގެން އެއްވެސް މީހަކު ހައްޔަރުކުރި ކަމެއްވެސް ސާފުކޮށެއް ނުދެ އެެވެ. މައުލޫމާތު ލިބެނީ އެ ސަރަހައްދުން އޭނާ އަށް ހަމަލާދިނީ ގުރޫޕަކުން ކަަމަށެވެ.