ads
އާޝާ ބަހާރު މޫސުން އައިކަމަށް ބުނެ ސޯޝަލް މީޑިއާއަށް ދޫކޮށްލި ފޮޓޯ
އާޝާ އަށް ބަހާރު މޫސުން
ބަހާރު މޫސުން އައިސްފިކަމަށް މަޝްހޫރު ފިލްމީތަރި އާމިނަތް ރަޝްފާ (އާޝާ) އޭނާގެ ސޯޝަލް މީޑިއާގައި ބުނެފިއެވެ.

މިގޮތުން "ބަހާރު މޫސުން" އައިފިކަމަށް ބުނެ އާޝާ ލާފައިވާ ފޮޓޯތަކުގެ ބެކްރައުންޑުން ފެންނަނީ ފިޔާތޮށި ކުލައިގެ މާތައް ހުޅުމާލޭގައި ފޮޅިފައިވާ މަންޒަރެވެ. 

ހުޅުމާލެއާއި މާލޭގައި އިންދާފައިވާ ގިނައަދަދެއްގެ ޓަބިބޫޔާ ރޯސް ގަސްތަކެއްގައި ގިނައަދަދެއްގެ މާ މި ދުވަސްކޮޅު އަންނަނީ ފޮޅެމުންނެވެ. ގިނަބަޔަކު ގެންދަނީ މި މާތަކުގެ ފޮޓޯ ސޯޝަލް މީޑިއާއަށް ލަމުންނެވެ. މިގޮތުން ފިލްމީތަރި އާޝާ އަށް ވެސް މި މާތައް ފެނި މާތައުކުގެ ރީތިކަން އޭނާގެ ފޭނުންނަށް ހިއްސާކުރަން "ކެތް" ނުކުރެވުނީ ކަމަށް ވެދާނެއެވެ. 

ބަހާރު މޫސުން އައިސްފައިވާކަމަށް އާޝާ އިއުލާނުކޮށްފައިވާއިރު، މި ދުވަސްވަރަކީ އޭނާގެ އެންމެ ފަހުގެ ފިލްމު "ބީވީމާ" އޮލިމްޕަހުގައި އަޅުގައިގެން ކުރިއަށްދާ ދުވަސްވަރެކެވެ. އެ ފިލްމަށް ބޮޑު ތަރުހީބެއް ލިބެމުން އަންނައިރު، އެ ފިލްމުގައި މެއިން ރޯލުން ފެންނަ އެކްޓަރުންގެ އެކްޓިން މޮޅުވާހަކަ ފިލްމު ބަލާ ގިނަ ބަޔަކު އަންނަނީ ދައްކަމުންނެވެ. 

your imageބީވީމާގެ މަންޒަރެއްގައި އާޝާ އަދި ނާނަ…

މި ފިލްމުގެ ލީޑު ރޯލުތަކުން މަޝްހޫރު ފިލްމީތަރި އިސްމާއިލް ރަޝީދު (ކޮޕީ އިއްސެ) އާއި، އަލަށް ތައާރަފްވާ ދިވެހި ލަވަކިއުންތެރިއާ މަރިޔަމް އަޝްފާ، އާމިނަތް ރަޝްފާ (އާޝާ) އަދި އާދަމް ޒިދާން (ނާނަ) އެވެ.

38%
ކަމުގޮސްފި
17%
އަޑުއެހިތާ މިހުރީ
17%
ސަތޭކައަކުން ސުމެއް
29%
ވަރަށް ސަލާމް
ކޮމެންޓްސް