ads
ފިލްމީތަރި ރިޝްފާ
ރިޝްފާގެ ފޮޓޯތައް ލީކުކޮށްލިކަމުގެ ތުހުމަތު ފުލުހުންނަށް
ފިލްމީތަރި އައިމިނަތު ރިޝްފާގެ ފޯނުގައި ހުރި ފޮޓޯތަކެއް ލީކުކޮށްލިކަމުގެ ތުހުމަތު ފުލުހުންނަށް ކޮށްފިއެވެ.
Advertisement

ރިޝްފާ ފޭސްބުކްގައި ހިއުމަން ރައިޓްސް ކޮމިޝަން އަދި ނެޝަނަލް އިންޓަގްރިޓީ ކޮމިޝަން ޓެގްކޮށް ލިޔެފައިވާ ބަޔާނެއްގައި ބުނެގައިވަނީ އެނާގެ ފޯނާއި ފޯނުގެ ޕާސްވޯޑު ފުލުހުންނަށް ކޯޓު އަމުރެއްގެ ދަށުން ދީފައިވާކަމަށެވެ. 

އެގޮތުން އޭނާގެ ފޯނު ޑިސެންބަރު މަހުގެ ފަހުން އޮތީ ފުލުހުންގެ ބެލުމުގެ ދަށުގައިކަމަށް ވެސް އޭނާ ބުނެފައިވެއެއެވެ. އެނާގެ ފޯނުގެ ޕާސްވޯޑު ފޮރެންސިކް ޑިޕާޓްމަންޓުގެ ތިން ފުލުހެއްގެ އަތުގައި އޮންނާނެކަމަށް ވެސް އެނާގެ ބަޔާނުގައި ބުނެގައިވެެއެވެ. 

"މިހާރު ފޯނުގައި ހުރި ހުރިހާ ވީޑިއޯއަކާ ފޮޓޯއެއް ހުރީ ޕަބްލިކް ސައިޓުތަކުގަ. ތިބޭފުޅުންނަށް ކިހާ ހަޑިމުޑުދާރެއް ވެވޭނެތޯ؟ އަޅުގަނޑުމެން ރައްކާތެރިކުރަން ހުވާކޮށްގެން ތިބި ބަޔަކީ ތިއީތޯ؟" ރިޝްފާ ސުވާލުކޮށްފައިވެއެވެ.

އޭނާ ބުނެފައިވަނީ އެނާގެ އަބުރުކަތިލުމަށް ކޮށްފައިވާ މި ހަޑިމުޑުދާރު އަމަލު ހިންގި މީހުން އިންސާފުގެ ކުރިމައްޗަށް ގެންނާނެކަމަށެވެ. އަދި މިއީ މިފަދަ ކަމެއް ފުލުހުންގެ ފަރާތުން ފެނުނު ފުރަތަމަ ފަހަރު ނޫންކަމަށް ވެސް ރިޝްފާ ވަނީ ބުނެފައެވެ. 

your imageރިޝްފާ….

ރިޝްފާގެ ތުހުމަތުތައް ފުލުހުން ދޮގުކުރޭ: 

މި މައްސަލައިގައި މިއަދު ފުލުހުން ބުނެފައުވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ހެކީގެ ގޮތުގައި ގެނެވޭ ތަކެތި ގެންގުޅުމާއި ބެލެހެއްޓުމުގައި ޢަމަލުކުރަނީ ގާނޫނުގައިވާ ގޮތުގެ މަތިން އަދި ބައިނަލްއަގުވާމީ ބެސްޓް ޕްރެކްޓިސްއާ އެއްގޮތަށްކަމަށެވެ.

"ފޮރެންސިކްގެ ބެލުމުގެ ދަށަށް ގެނެވޭ ހެއްކެއްގައި ހުންނަ އެއްވެސް މައުލޫމާތެއް ލީކު ނުވާނެ ކަމުގެ ފުރިހަމަ ޔަގީންކަން މި ޚިދުމަތަށް އޮވޭ. ފޮރެންސިކް ލެބޯރަޓަރީގެ މަސައްކަތްތައް ތަރުތީބުކުރެވިފައި ހުންނާނީ ޕްރައިވެސީ ރައްކާތެރިކޮށްދެވޭ ގޮތަށް،" ފުލުން މިއަދު ބުންޏެވެ.

ރިޝްފާ ހައްޔަރު ކުރުން: 

ނިމުނު 2022 ވަނަ އަހަރުގެ ނޮވެންބަރު މަހުގެ ތެރޭގައި ހުޅުމާލެ އާއި މާލޭގައި ހިންގި މަސްތުވާތަކެތީގެ އޮޕަރޭޝަނެއްގެ ތެރެއިން ހަތަރު އަންހެނަކާއި އަށް ފިރިހެނަކު ވަނީ ހައްޔަރުކޮށްފަ އެވެ. 

މަސްތުވާތަކެތި ގެންގުޅެ، އެ ބޭނުންކުރި ކަމުގެ ތުހުމަތުގައި އޭގެތެރެއިން ބަޔަކު ހައްުޔަރުކޮށްފައިވަނީ ޕާޓީކުރަން ތިއްބާ މަސްތުވާތަކެއްޗާއި އެއްކޮށް ކަމަށް ހަބަރުތައް ފެތުރުނެެވެ. އޭގެތެރޭގައި ރިޝްފާ ވެސް ހިމެނެއެވެ. 

ރިޝްފާ ބަންދުކޮށްގެން އެނާއަށް ފަސް ދުވަހުގެ ބަންދުގެ މުއްދަތުވެސް ޖެހިއެވެ. ނަމަބެސް މިހާރު އޭނާ ހުރީ ދޫކޮށްލާފައެވެ. 

29%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
14%
ސަތޭކައަކުން ސުމެއް
57%
ވަރަށް ސަލާމް
ކޮމެންޓްސް