ads
މެކްސްކޮމް އިން ކުރިއަށް ގެންދިޔަ ނެކްސްޓް ޖެން އައިޓީ ފޮ ގްރޮވިންގް ބިސްނެސެސް ފޯރަމްގެ ތެރެއިން
ނެކްސްޓް ޖެން އައިޓީ ފޮ ގްރޮވިންގެ ބިޒްނަސް ފޯރަމް ނިންމާލައިފި
މެކްސްކޮމް އިން ނެކްސްޓް ޖެން އައިޓީ ފޮ ގްރޮވިންގެ ބިޒްނަސް ފޯރަމް ކާމިޔާބުކަމާއެކު ނިންމާލައިފި އެވެ.
Advertisement

މެކްސްކޮމް ޓެކްނޮލޮޖީ އާއި ޑެލްއީއެސް ގުޅިގެން އަންގާރަ ދުވަހު ހޮޓަލް ޖެންގައި ކުރިއަށް ގެންދިޔަ ފޯރަމްގައި ރާއްޖޭގެ ރިސޯޓްތަކާއި، އަމިއްލަ އަދި ސަރުކާރު ކުންފުނިތަކުގެ އައިޓީ ދާއިރާގައި މަސައްކަތް ކުރާ ގިނަ ފަރާތްތަކަކުން ވަނީ ބައިވެރިވެފަ އެވެ. 

ޑެލް ޓެކްނޮލޮޖީގެ އެންމެ ފަހުގެ އުފެއްދުންތަކާ ގުޅޭގޮތުން މައުލޫމާތު ދިނުމުގެ ގޮތުން ކުރިއަށް ގެންދިޔަ މި ފޯރަމްގައި ޑެލްގެ ރީޖަނަލް ލެވެލެގެ އިސް ބޭފުޅުން ވަނީ ސެޝަންތައް ކުރިއަށް ގެންގޮސްފަ އެވެ. މި ބޭފުޅުން ވަނީ ކުރިއަރަމުން މި އަންނަ ޓެކްނޮލޮޖީގެ ޒަމާނުގައި ބޭނުން ކުރުން އެންމެ އެކަށޭނަ އައިޓީ ސޮލިއުޝަން ތަކުގެ މައުލޫމާތު ފޯރަމްގެ ބައިވެރިންނާ ހިއްސާކޮށްފަ އެވެ. 

މެކްސްކޮމް ޓެކްނޮލޮޖީ އިން ބުނީ، މިފަދަ ފޯރަމްތައް ކުރިއަށް ގެންދިއުމުގެ ބޭނުމަކީ، ދުނިޔޭގެ އެހެންތަންތަނުގައި ވެސް ޑެލް ފަދަ ކުންފުނިތަކުގެ އުފެންދުތަކާއި ބެހޭގޮތުން ކަސްޓަމަރުންނަށް މައުލޫމާތުދޭ ގޮތަށް ރާއްޖޭގެ ކަސްޓަމަރުންނަށް ވެސް މައުލޫމާތު ދިނުންކަމުގަ އެވެ. އަދި މެކްސްކޮމް މެދުވެރިކޮށް ކުންފުނިތަކުން ނުވަތަ އެނޫންވެސް ފަރާތްތަކުން ގަންނަ ޕްރޮޑަކްޓްސް އަކީ ކިހިނެއް ކީއްކުރަން ބޭނުން ކުރާ އެއްޗެއްތޯ އެންމެ ފުރިހަމަ ގޮތުގައި ކަސްޓަމަރުންނަށް އޮޅުންފިލުވައި ދިނުން ވެސް އެއީ މިފަދަ ފޯރަމްތައް އެކުންފުނިން ކުރިއަށް ގެންދާ އެއް މަގްސަދު ކަމުގަ އެވެ. 

ކޮންމެ އަހަރަކުވެސް މިފަދަ އެތައް ފޯރަމް ތަކެއް ކުރިއަށް ގެންދާ ކަމަށާއި ބޭނުމަކީ ރާއްޖޭގެ އައިޓީ ދާއިރާގައި މަސައްކަތް ކުރާ ވީހާވެސް ގިނަ ފަރާތްތަކަކަށް ފޯރަމްތަކުގައި ބައިވެރިވުމުގެ ފުރުސަތު ދިނުން ކަމުގައި މެކްސްކޮމް އިން ބުނެ އެވެ. މި ފޯރަމް ތަކުގައި އަގުހުރި އިނާމް ތަކަކާއި އެކު ލަކީ ޑްރޯތައް ވެސް މެކްސްކޮމް އިން ކުރިއަށް ގެންދެ އެވެ. 

ޑެލްގެ އިތުރުން މެކްސްކޮމް އިން ލިބެން ހުންނަ އިތުރު ބްރޭންޑް ތަކަށް ހާއްސަކޮށްގެން ވެސް މިފަދަ ފޯރަމްތައް މެކްސްކޮމް އިން ކުރިއަށް ގެންދެ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް