ads
މެރާލް
ފެންމުތުގެ ޝަރަފާއެކު މެރާލް އަރުތަ ޕްރޮގްރާމަށް
ޒުވާން ފެތުންތެރިޔާ މެރާލް އައިން ލަތީފްވެސް އަރުތަ ޕްރޮގްރާމްގައި ހިމަނައިފިއެވެ.

އަރުތަ ޕްރޮގްރާމަކީ ކުޅިވަރުތަކުގެ ޒުވާން ކުޅުންތެރިންނަށް ރާއްޖެއިން ބޭރުގައި ތަމްރީން ހަދައި އެ ކުޅިވަރުގައި ކުރިއަށްދިޔުމަށް ފުރުސަތުތައް ފަހިކޮށްދޭ ޕްރޮގްރާމެކެވެ. 

މި ޕްރޮގްރާމްގައި ޒުވާން އެތައް އެތްލީޓުންނެއް މިހާރު ހިމަނާފައިވާއިރު، މި ޕްރޮގްރާމްގައި އެންމެ ފަހުން ހިމެނުނު އެތްލީޓް މެރަލްއަކީ އުމުރުން އެންމެ 14 އަހަރުގެ ފެތުން ތެރިއެކެވެ. 

މެރާލްވަނީ އުމުރުން 13 އަހަރުގައި ރާއްޖޭގެ އަންހެނުންގެ (ލޯންގކޯސް) 100 މީޓަރ ބަޓަރފްލައި އިވެންޓުގެ ޤައުމީ ރެކޯރޑް ހަދާފައެވެ. މި ރެކޯޑް މެރާލް ހެދީ ތުރުކީގައި އޮތް އިސްލާމިކް ސޮލިޑޭރިޓީ ގޭމްސްގައި 01.20.80 އިން އިވެންޓް ފުރިހަމަކޮށްގެންނެވެ. 

މެރާލްއަކީ ފެތުމުގެ ޗެމްޕިއަން އޮފް ޗެމްޕިއަންސް 2023، މުބާރާތުން "ފެންމުތު"ގެ ޝަރަފް ހޯދި އަންހެން އެތްލީޓްވެސް މެއެވެ. މެރާލްވަނީ ޗެމްޕިއަން އޮފް ޗެމްޕިއަންސްގައި މެރާލް، ހަ އިވެންޓަކުން އެއް ވަނަ އަދި ދެ އިވެންޓެކުން ދެ ވަނައާ އެއް އިވެންޓެއްގެ ތިން ވަނަ ހޯދާފައެވެ. 

މެރާލް އެއް ވަނަ ހޯދީ، 400 މީޓަރު ފްރީސްޓައިލް، 50 މީޓަރު ، 100 މީޓަރު ، 200 މީޓަރު ބަޓަފްލައިސްޓްރޯކް، 200 މީޓަރު އިންޑިވިޖުއަލް މެޑްލޭ އަދި 400 މީޓަރު އިންޑިވިޖުއަލް މެޑްލޭ އެވެ. މެރާލް އަށް ދެ ވަނަ ލިބުނީ 50 މީޓަރާއި 100 މީޓަރު ފްރީސްޓައިލް އިވެންޓުންނެވެ. އަދި ތިން ވަނަ ހޯދީ 50 މީޓަރު ބެކްސްޓްރޯކް އިވެންޓުންނެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް