ads
އަނަންޔާ ޕަންޑޭ
އަނަންޔާ ޕަންޑޭގެ އާ ލޯބިވެރިއަކީ ކާކުކަން އެނގޭތަ؟
ބޮލީވުޑްގެ މަޝްހޫރު ތަރި އަނަންޔާ ޕަންޑޭ އައު ލޯބިވެރިއެއް ހޯދައިފިއެވެ.

ބޮލީވުޑްގެ ހަބަރުތައް ބުނާގޮތުން އޭނާ ހޯދި ލޯބިވެރިއާ "އެންގޭޖް" ކޮށް ކައިވެނިކުރުމަކީ ވެސް ވަރަށް ގާތްކަމެކެވެ. 

އޭނާ އަލަށް ހޯދި ލޯބިވެރިއަކީ އަދީއްޔާ ރޯއީ ކަޕޫރެވެ. މި ދެ ތަރިން އެކުގައި އުޅޭކަން ހާމަވެފައިވަނީ އިވެންޓުތަކުން އެކުގައި ފެންނަން ފެށުމުންނެވެ. 

އަނަންޔާ ޕާންޑޭ އާދީއްޔާ ރޯއީ ދެކެ ލޯބިވާކަން އެންމެ ފުރަތަމަ ހާމަކުރީ "ކޮފީވިތް ކަރަން 7" ގައި މަޝްހޫރު ޑައިރެކްޓަރު ކަރަން ޖޯހަރެވެ. 

your imageއަނަންޔާ ޕަންޑޭ އަދި އަދީއްޔާ ރޯއީ ކަޕޫރު

އަނިލް ކަޕޫރާއި ސޮބިތާ ދުލިޕާލާ އާއި އެކު ކުޅެފައިވާ "ނައިޓް މެނޭޖޭގައި" ވެސް އަދީއްޔާ ރޯއީ އުޅެއެވެ. "ދަ ނައިޓް މެނޭޖާ" ގެ ސްޕެޝަލް ސްކްރީނިން އަށް ވެސް އަދީއްޔާ ރޯއީ އާއެކު އަނަންޔާ ވަނީ ދަތުރުކޮށްފައެވެ. 

އަނަންޔާ އާއި އަދީއްޔާ ރޯއީ ވަނީ ސިދާތު އާއި ކިއާރާގެ ކައިވެނީގެ ރިސެޕްޝަންގައި ވެސް އެކުގައި ބައިވެރިވެފައެވެ. 

އަދީއްޔާ ރޯއީގެ ސީރީޒް "ދަ ނައިޓް މެނޭޖަރު" ރިލީޒް ކުރާނީ ފެބުރުއަރީ 17 (ހުކުރު ދުވަހު) އެވެ. އެ ސީރީޒް އަކީ ހޮލީވުޑުން 2016 ވަނަ އަހަރު ނެރުނު "ނައިޓް މެނޭޖާ" ގެ ހިންދީ ރީމޭކް އެކެވެ. ނައިޓް މެނޭޖާ ރިލީޒް ކުރަނީ ޑިސްނީ ހޮޓްސްޓާ އަށެވެ. 

އަނަންޔާ ދެން ފެނިގެންދާނީ "ޑްރީމް ގާލް 2" އިން އަޔޫޝްމަން ހުރާނާއާ އެކުގަ އެވެ.

your imageނައިޓް މެނޭޖާ

80%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
20%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް