ads
މަހާނަކޮނެ 40 އަށްވުުރެ ގިނަ ގަބުރު ރޭޕުކުރި މީހާ، ތައުބާވީ ފެނުނު ބިރުވެރި މަންޒަރަކުން!
އެކެއްގެ ލޮލުގެ ފެނުން ގޮސް ކުއްލިއަކަށް މަރުވި
ރޭޕުކުރަން މަސައްކަތްކުރަނިކޮށް މައްޔިތާ ދިރުން
މިއީ ޕާކިސްތާނުގެ ސިޓީއެއް ކަމަށްވާ ކަރާޗީގައި ހިނގި ހަގީގީ ހާދިސާއެކެވެ. ކަރާޗީ އަކީ 96 އިންސައްތަ މުސްލިމުންގެ މެޖޯރަޓީ އޮންނަ ސިޓީ އެކެވެ. މި އާޓިކަލުގައި މި ވާހަކަ ގެނެސްދީފައި މިވަނީ މި އަމަލު ހިންގި ދެމީހުންގެ ތެރެއިން އެކަކު ޕާކިސްތާނުގެ ޓީވީ ޗެނަލަކަށް ދީފައިވާ އިންޓަވިއުގައި އޭނާ ކިޔާދީފައިވާ ވާހަކަތަކަށް ބަލައިގެން އޭނާ ކިޔާދީފައިވާ ގޮތަށެވެ.
Advertisement

މުހައްމަދު ރިޔާޒް ކިޔާ އުމުރުން 27 އަހަރުގެ މިމީހާ ކިޔާދީފައިވާގޮތުން އޭނާ އެއަމަލު ކުރަމުން އައީ އޭނާގެ ރަށްޓެއްސަކާއިއެކު އެވެ. މިދެމީހުންނަކީވެސް ގަބުރުސްތާނުގައި މަސައްކަތު މީހެއްގެ ގޮތުގައި އުޅެމުން އައި ދެމީހުން ނެވެ. އެމީހުންގެ މަސައްކަތަކީ ގަބުރުސްތާނުގައި އިންދާފައިވާ ގަސްތަކަށް ފެންދިނުމެވެ. 

އޭނާ ކިޔާދިން ގޮތުން ޒުވާން އަންހެން ކުދިންގެ ޖަނާޒާގެ ކަންކަން ނިމި ވަޅުލާ ނިމި ގަބުރުސްތާނުން މީހުން ދިއުމުން އެމީހުން އެތަނަށް ވަންނަނީ ރޭގަނޑުގެ ވަގުތުގަ އެވެ.

މި މީހުން އެކަން ކުރަނީ އަސަރު ނަމާދަށް ފަހު ވަޅުލާ ޒުވާން އަންހެން ކުދިންގެ މަހާނާތައް ބަލައިގެން ނެވެ. މަހާނަ ކޮނުމަށް އެމީހުން ވަންނަނީ މަގުރިބު ނަމާދު ވަގުތު ނިމުމުން ނެވެ.

މަރުވެފައިވާ ގަބުރުތައް އެމީހުން ރޭޕުކުރަނީީ ވަޅުލާފައިވާ ޒުވާން އަންހެނުންގެ މަހާނަ ކޮނެ، ސަންދޯކުގެ މަތިގަނޑު ނަގައިގެން އޭގެތެރެއަށް ފައިބާ ތިބެ އެވެ. އަސުރު ނަމާދަށްފަހު ވަޅުލާ މީހުންގެ ހަށިގަނޑުތައް މަގުރިބު ނަމާދު ފަހުން ދާއިރު އޮންނަނީ މާބޮޑު ބަދަލެއް ނައިސް ރީތިކޮށް ކަމަށް އޭނާ ބުންޏެވެ. 

އެކެއްގެ ލޮލުގެ ފެނުން ގޮސް ކުއްލިއަކަށް މަރުވުން

މި ދެމީހުން ވެގެން ގާތްގަނޑަކަށް 48 ގަބުރު ރޭޕުކުރިފަހުން، އެދެމީހުންގެ ތެރެއިން އެކަކުގެ ލޮލުގެ ފެނުން ކުއްލިއަކަށް ދިޔަ އެވެ. ލޮލުގެ ފެނުން ދިއުމަށްފަހު އެކަން ކުރުން ހުއްޓުނީ އެވެ. މާގިނަ ދުވަހެއް ނުވެ، ލޮލުގެ ފެނުމުން މަހުރޫމްވެފައިވާ ހާލު އޭނާ ކުއްލިއަކަށް މަރުވީ އެވެ. 

ރަހުމަތްތެރިޔާ ކުއްލިއަކަށް މަރުވި ހާދިސާއަށްފަހު އެކަން ނުކޮށް ފަސް މަސްވަންދެން ހުރި ކަމަށް ރިޔާޒް ބުންޏެވެ. ފަސް މަސްފަހުން އޭނާ އެކަން ކުރަން ގަބުރުސްތާނަށް ވަތް ފަހަރަކީ، ސިއްރުން ކުރަމުން އައި އެ ހަޑިމުޑުދާރު އަމަލު ފަޅާއެރި ރެ އެވެ. 

އެކަމުގެ ކުށުގައި ޖަލު އަދަބު ތަންފީޒުކުރަމުންދިޔަ ރިޔާޒް ޖަލުގައި ހުރެ ޓީވީ ޗެނަލަށް ދިން އެ އިންޓަވިއުގައި ބުނިގޮތުން އެރޭ ފަޅާނޭރި ނަމަވެސް އޭނާ ހުރީ އެކަން ނުކުރަން ނިންމާ ތައުބާވުމަށް ތައްޔާރަށެވެ. އެއީ އެރޭ އޭނާ ރޭޕުކުރަން މަސައްކަތްކުރި އަންހެން މީހާގެ ސަންދޯކު ތެރެއިން ފެނުނު ބިރުވެރި މަންޒަރުގެ ސަބަބުން ކަމަށް ބުންޏެވެ. 

ރޭޕުކުރަން މަސައްކަތްކުރަނިކޮށް މައްޔިތާ ދިރުން

އޭނާ ކިޔައިދިން ގޮތުން އެރޭ ވެސް އޭޭނާ ގަބުރުސްތާނަށް ވަނީ މަގުރިބަށް ފަހު އެވެ. އެރޭވެސް އޭނާ ޓާގެޓުކޮށްގެން ހުރީ އަސަރު ނަމާދަށް ފަހު ވަޅުލި ޒުވާން އަންހެން މައްޔިތަކަށެވެ. ގަބުރުސްތާނަށް ވަދެ މަހާނަ ކޮނެ، ސަންދޯޯކުގެ މަތިގަނޑު ނަގާ ކަފުން މޮހާލި އެވެ. އަދި އޭނާ ކުރަން ގަސްތުކޮށްގެން އައި ހުތުރުކަން ބޮޑުވެގެންވީ ފާފަ ކުރުމަށް ތައްޔާރުވެލި އެވެ. 

"އެވަގުތު އަހަންނަށް ފެންނަން ފެށީ ކުއްލިއަކަށް މަރުވެފައި އޮތް ގަބުރުގެ އަގަހުޅުވެމުންދިޔަތަން. އޭނާގެ ދަތްޕިލަ ސާފުކޮށް ފެނުނު. ދެން ހަމަ އެވަގުތު ލޮލުންވެސް ވަރަށް ގަދަ އަލި ނޫރެއް ފަދަ އެއްޗެއް ފެނުނު." ހުތުރުކަން ބޮޑުވެގެންވީ ފާފަ ކުރަން މަސައްކަތް ކުރަނިކޮށް ފެނުނު ބިރުވެރި މަންޒަރު ސިފަކޮށްދެމުން ރިޔާޒް ބުންޏެވެ.

އޭނާ ކުރަމުންދިޔަ ނުބައި އަމަލު ފަޅާ އެރީ، ބިރުން އެތަނުން ދުވެފައި ނިކުންނަން ދަނިކޮށެވެ. އެރޭ އެތަނުން ރިޔާޒް ފެނުނު މީހާ ބުނިގޮތުން އޭނާގެ މުޅި ގައިގާ ވެލި ހުއްޓެވެ. މީހާ ހުރީ ބިރުން ދެލޯ ބޮޑުވެފަ އެވެ. އަދި މުޅި ގައިން ދާހިއްލާފަ އެވެ. އެހެންވެ، ކިހިނެތްވީތޯ އަދި މިވަގުތު އެތަނުގެ ތެރެއިން އެފަދަ ގޮތަކަށް ހުރެ ނިކުތީ ކީއްވެތޯ ސުވާލުކުރުމުން ރިޔާޒް އެވަގުތު އެފަދަ ކަމެއް ކުރި ކަމަށް ނުބުނާކަށް އޭނާ ބުންޏެވެ. 

އެކަމަކު ފަހުން މީހުން އެއްކޮށްގެން އޭނާ ގެނެސް ސުވާލުކުރުމުން ކުރި ކަންތައް ކިޔައިދީ އެއްބަސްވި ކަމަށް ބުންޏެވެ. އެޔަށްފަހު އޭނާ ހައްޔަރުކުރީ އެވެ. އަދި އޭނާގެ މައްޗަށް ތަފާތު ހަތަރު ދައުވާއެއް ކޮށް ޖަލު އަދަބު އިއްވާފައި ވެއެވެ. 

އޭނާއަށް އިއްވާފައިވާ ޖަލު އަދަބަކީ ކިހާ މުއްދަތެއް ކަމެއް އެ އިންޓަވިއުއިން ސާފެއް ނުވެ އެވެ. އެކަމަކު މައްޔިތާގެ ބޭނުން ނަހަމަ ގޮތުގައި ބޭނުންކުރުމާއި، އިންސާނީ އުސޫލުތަކުގެ ބޭރުން އެހެން އިންސާނަކާއިމެދު އަމަލުކުރުމުގެ ދައުވާއެއްގެ ކުށުގެ އަދަބުވެސް އޭނާގެ މައްޗަށް ވަނީ އިއްވާފަ އެވެ. އަދި ރޭޕުކުރުމާއި މަރުވެފައިވާ މައްޔިތެއްގެ މަހާނަ ކޮނެ ގަބުރުގެ ބޭނުން ނަހަމަގޮތުގައި ކުުރުމުގެ ދައުވާވެސް އުފުލާ އަދަބު ކަނޑަައަޅާފައި ވެއެވެ. 

އަސުރު ނަމާދަށްފަހު ވަޅުލާ މައްޔިތުންގެ ރޭޕުކުރުމަށް މަގުރިބު ނަމާދަށް ފަހު ގަބުރުސްތާނު ތެރެއަށް ވަދެ މަހާނަ ކޮނެ، ކަފުން މޮހާ، ބޮޑު ފާފައެއް ކުރަމުންދިޔައިރު އެވަގުތަކީ މައްޔިތާ އާއި މެދު ސުވާލު ކުރެވޭ ވަގުތުކަން ރިޕޯޓަރު ފާހަގަކުރި އެވެ. އަދި އެފަދަ ދަނޑިވަޅެއްގައި ގޮސް މައްޔިތާއަށް އުނދަގޫކުރަން ބިރު ނުގަނޭތޯ އަދި މާތްﷲގެ އަޒާބާއިމެދު ކުޑަކޮށްވެސް ބިރުވެތި ވާން ހިތަށްވެސް ނާރާތޯ ރިޕޯޓަރު ސުވާލުކުރި އެވެ.

އެ ސުވާލުގެ ޖަވާބުގައި އޭނާ އިސްޖަހައިގެން ހުރެ ބުނީ، އެންމެ ފަހު ގަބުރު ރޭޕުކުރަން އުޅެނިކޮށް ފެނުނު ބިރުވެރި މަންޒަރަށްފަހު މާތްﷲގެ ހަޒްރަތުގައި މާފަށް އެދި، ތައުބާވެފައިވާ ކަމަށެވެ.

ބަރާބަރަށް ނަމާދުކޮށް ފާފަ ފުއްސުވުމަށާއި ކުރެވުނު ކުށަށް ލަދުގަނެ އަބަދުވެސް ތައުބާވަމުންދާ ކަމަށެވެ. ދެން އެފަދަ ފާފައަކަށް އަރައިނުގަންނަން އަޒުމު ކަނޑައަޅާފައިވާ ކަމަށްވެސް އޭނާ ބުންޏެވެ. 

12%
ކަމުގޮސްފި
55%
އަޑުއެހިތާ މިހުރީ
21%
ސަތޭކައަކުން ސުމެއް
12%
ވަރަށް ސަލާމް
ކޮމެންޓްސް