ads
އޮލިމްޕަސް-- ފޮޓޯ: އަވަސް
ހޮލީވުޑް އަދި ބޮލީވުޑް ފިލްމުތައް އޮލިމްޕަހަށް، ބުކިން ހުޅުވާލައިފި
ހޮލީވުޑް އަދި ބޮލީވުޑްގެ އެންމެ ފަހުގެ ފިލްމުތައް ވެސް އޮލިމްޕަހުން ފެންނާނެކަމުގެ ޔަގީންކަން ސްޓާ ސްނަމާ ކުންފުނިން ދީފިއެވެ.

ސްޓާ ސިނަމާ ކުންފުނިން މިއަދު ބުނީ އެ ކުންފުނީގެ އަމާޒަކީ ބައިނަލްއަގްވާމީ މިންގަނޑުތަކާ އެއްގޮތްވާ ގޮތުގެ މަތިން އެންމެ ޒަމާނީ ޒަމާނީ ފިލްމުތައް އަރާމުކަމާއެކު ބަލައިލުމުގެ ފުރުސަތު ދިވެހިންނަށް ފޯރުކޮށްދިނުންކަމަށެވެ. 

"ސްޓާ ސިނަމާއިން އަންނަނީ އޭޝިއާ ސަރަހައްދުގެ އެންމެ ބޮޑު އެއް ފިލްމު ޑިސްޓްރިބިއުޓަރާއި ގުޅިގެން، ހޮލީވުޑް އަދި ބޮލީވުޑް އިންޑަސްޓްރީން އަލަށް ރިލީޒްކުރާ ފިލްމުތައް ރާއްޖެއަށް ގެނައުމަށް މަސައްކަތް ކުރަމުން. ހަމައެހެންމެ އަޅުގަނޑުމެން ޕްރިމިއާ ކުރާނަން އެހެން ސަރަހައްދީ ފިލްމުތަކެއް ވެސް،" ސްޓާ ސިނަމާއިން މިއަދު ބުންޏެވެ.

އޮލިމްޕަހުގައި ސްޓާ ސިނަމާއިން ރިލީޒްކުރާ ފުރަތަމަ ފިލްމަކީ – ޓީ ސީރީޒް ފިލްމު "ޝެހެޒާދާ" އެވެ. މި ފިލްމުގައި ކްރިތީ ސަނޯން އާއި އެކު ފިލްމުގެ ކޯ ޕްރޮޑިއުސްކުރި ކާރްތިކް އާރިޔަން ވެސް އެކްޓުކުރެއެވެ.

your imageޝެހެޒާދާ

މި ފިލްމު ދައްކާނީ 17 ފެބްރުއަރީ އިން 26 އަށް އޮލިމްޕަސް ސިނަމާގައެވެ.

17 ފެބްރުއަރީ ޝޯ އޮންނާނީ 16:00 ގައި އަދި 18 ފެބްރުއަރީ އިން ފެށިގެން ޝޯ އޮންނާނީ ރޭގަނޑު 9:00 ގައެވެ.

އޮލިމްޕަސް ކައުންޓަރުން ބުކިން ހެދިދުމުގެ ފުރުސަތު މިހާރު ވަނީ ހުޅުވާލާފައެވެ. , އަދި 7201199 އަށް ވެސް ގުޅައިގެން ވެސް ބުކުން ހެއްދިދާނެއެވެ. ޓިކެޓްގެ އަގަކީ 130 ރުފިޔާ އެވެ. 

14%
ކަމުގޮސްފި
43%
އަޑުއެހިތާ މިހުރީ
14%
ސަތޭކައަކުން ސުމެއް
29%
ވަރަށް ސަލާމް
ކޮމެންޓްސް