ads
ސަލާން ޖަހާ ކަމަށް ބުނާ ބިދޭސީ މީހާ——ފޮޓޯ: ސޯޝަލް މީޑިއާ
މާލޭ މަގުމަތީގައި ސަލާންޖަހަން އުޅުނު ބިދޭސީމީހާ އިމިގްރޭޝަނާއި ހަވާލުކޮށްފި
މާލޭ މަގުމަތީގައި ސަލާންޖަހަން އުޅުނު ބިދޭސީ އަންހެން މީހާ އިމިގްރޭޝަނާއި ހަވާލުކޮށްފި އެވެ.

މާލޭ މަގުމަތީގައި ސަލާންޖަހަން އުޅޭ ޖަޕާން މީހެއް ކަމަށް ބުނެ ސޯޝަލް މީޑިއާގައި ވަނީ ވީީޑިއޯޯ އަދި ފޮޓޯތަކެއް ދައުރުވެފައެވެެ. 

މިއަދު ފުލުހުން މިއަދު ބުނީ، އެކަން ފުލުހުންގެ ސަމާލުކަަމަށް އައުމާއި ގުޅިގެން އޭނާ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސް މައުލޫމާތު ސާފުކޮށްފައިވާ ކަމަށެވެ. އަދި މިހާރު އިމިގްރޭޝަނާއި ހަވާލުކޮށްފައިވާ ކަމަށެވެ. 

އޭނާ އަކީ ކޮން ގައުމެއްގެ މީހެއް ކަމެއް، އަދި އޭނާ ސަލާންޖަހަން މަގުމަތީ އުޅެނީ ކީއްވެކަމެއް ވެސް ފުލުހުން ސާފުކޮށެއް ނުދެ އެވެ. މީގެ އިތުރުން އޭނާ މާލޭގައި އުޅޭތާ ކިހާ ދުވަހެއް ވެއްޖެކަންވެސް ފުލުހުން ސާފުކޮށެއް ނުދެއެވެ. ފުލުހުން އެދުނީ އިމިގްރޭޝަނުން އެކަން ސާފުކުރުމަށެވެ. 

ނަމަވެސް، ފޯނަށް ޖަވާބު ނުދޭތީ މިކަމާއި ގުޅިގެން އިމިގްރޭޝަންގެ ބަހެއް ވަނީ ލިބޭގޮތް ނުވެފަ އެވެ. އަދި މިކަމާއި ގުޅޭގޮތުން އިމިގްރޭޝަނުގައި ސުވާލުކުރުމުން މިހާތަނަށް އެއްވެސް ޖަވާބެއް ދީފައެއް ނުވެއެވެ. 

އެ އަންހެން މީހާ އާއި ދިމާވެ ވާހަކަދެއްކި ބައެއް ފަރާތްތަކުން ސޯޝަލް މީޑިއާގައި ވީޑިއޯ ހިއްސާކޮށް ބުނެފައިވަނީ ތަކުރާރުކޮށް އޭނާ އާއި ދިމާވަމުންދާ ކަމަށާއި، އޭނާ އަކީ ދިވެއްސަކާއި އިދެގެން އުޅޭ ޖަޕާން މީހެއް ކަމަށާއި، ކައިވެނިކޮށްގެން އުޭތާ 13 އަހަރުވެފައިވާ މީހެއް ކަމަށް ބުނާ ކަމަށެވެ. ސަލާންޖަހަނީ ފިރިމީހާ ބަލިވެގެން ހޮސްޕިޓަލުގައި އެޑްމިޓުކޮށްފައިވާތީ ކަމަށް ބުނާ ކަމަށެވެ. އަދި އެހެން ދުވަހަކު ބައްދަލުވުމުން މިހާރު ފިރިމީހާ ވަރިކޮށްފައިވާ ކަމަށް ބުނި ކަމަށްވެސް ސޯޝަލް މީޑިއާގައި މީހަކު ބުނެފައި ވެއެވެ. 

އޭނާ އާންމުކޮށް ސަލާންޖަހަން ދަނީ މަގުމަތިން ދިމާވާ ފިރިހެނުން ކުރެން ކަަމަށްވެސް ވީޑިއޯ ހިއްސާކުރި މީހަކު ބުނެފައިވެއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
100%
ވަރަށް ސަލާމް
ކޮމެންޓްސް