ads
އަދިލް އަދި ރާކީ
އާދިލް އަށް ހަމަލާދޭން ރާކީ ކަރާޓީ ތަޅަން ދަސްކުރަނީ
އިންޑިއާގެ ޓީވީ ތަރި ރާކީ ސާވަންތުގެ ފިރިމީހާ އާދިލް ރުދާނީ އަށް ހަމަލާ ދޭން ރާކީ ކަރާޓީ ދަސްކުރަމުން ގެންދާކަމަށް އޭނާ ބުނެފިއެވެ.
Advertisement

ނޫސްވެރިންނަށް މައުލޫމާތު ދެމުން ރާކީ ބުނީ، އޭނާއަށް ކަރާޓީ ތަޅަން ދަސްކޮށްދެނީ އޭނާގެ ބެސްޓު ފުރެންޑު ޝާލިން ޗޯޕްރާ ކަމަށެވެ. 

މި ދެމީހުން ވެގެން މިއަދު ނޫސްވެރިންނަށް މައުލޫމާތު ދެމުން ބުނީ އާދިލް ރާކީއަށް އަނިޔާކުރަނީ މަސްތުވާތަކެތި ބޭނުންކޮށްގެން ހުރެ ކަމަށެވެ. 

"ފުލުހުން އެވިޑެންސްގެ ގޮތުގަ ގެންދިޔަ ބޮޑެތި ޕެކެޓުތަކެއްވެސް އެއީ ޑްރަގްސް. ޑްރަގްސް ބޭނުންކޮށްގެން އަނިޔާކުރަނީ، އެކަމަކު ދެން ހަމަލާދީފިއްޔާ ކަރާޓީގެ އުކުޅުތައް ދައްކާލާނަން" ރާކީ ބުންޏެވެ.

ރާކީގެ ބެސްޓުފްރެންޑް ޝާލީން ވަނީ މިއަދު ނޫސްވެރިންނަށް ރާކީގެ ފިރިމީއަށް ހަމަލާދޭން ކޮޅުފައިން ކިކް ޖަހާނެގޮތް ވެސް ދައްކާލާފައެވެ. 

ރާކީ ބުނީ އޭނާގެ ފިރިމީހާ އާދިލް ދެކެ ލޯބިވެވުނުކަމަަށާ ނަމަވެސް ދެން އާދިލް ހަމަލާދީފިނަމަ ބަދަލުގައި ކަރާޓީގެ އުކުޅުތައް ބޭނުންކޮށްގެން ހަމަލާދޭނެކަމަށެވެ. 

your imageރާކީ ސުވަންތު

ރާކީ އާއި އާދިލްގެ މައްސަލައަކީ ކޮބާ؟ 

ރާކީއަށް އަނިޔާކުރިކަމުގެ ތުހުމަތުގައި އާދިލް ވަނީ މިމަހު 7 ވަނަ ދުވަހު ފުލުން ހައްޔަރުވެސް ކޮށްފައެވެ. 

ރާކީއާއި އާދިލް ސިއްރުން ކައިވެނި ކުރީ ޖެނުއަރީ މަހުއެވެ، ނަމަވެސް އޭގެ މަހެއްހާ ދުވަސް ފަހުން އާދިލް ވަނީ ރާކީއާ ކައިވެނިނުކުރާކަމަށް ބުނެފައެވެ. ރާކީ ބުނީ އާދިލް އެހެން ބުނަނީ އާދިލްގެ ގާލް ފްރެންޑު ދެކެ ބިރުން ކަމަށެވެ. 

ރާކީ ތުހުމަތުކުރާގޮތުން ރާކީއާއި އާދިލް ކައިވެނިކިކުރި އިރުވެސް އާދިލް އުޅެނީ އެހެން ކުއްޖަކާ ރައްޓެހިވެގެންނެވެ.  އާދިލް ރައްޓެހިވެގެން އުޅޭ ކުއްޖާ ބަނޑުބޮޑު ކަމަށްވެސް ރާކީ ތުހުމަތުކުރިއެވެ. 

އާދިލްގެ ކުރިން ވެސް ރާކީ މީހަކާ އިނެވެ. ނަމަވެސް އޭނާގެ ކުރީގެ ފިރިމީހާވެސް އޭނާ އަށް "ދޯކާ" ދީފައިވާކަމަށް ރާކީ ބުނެއެވެ.

your imageރާކީ އަދި އާދިލް ކައިވެނިކުރަނިކޮށް---

ރާކީ އަކީ އިންޑިއާގެ ޑާންސަރެއް، މޮޑެލެއްގެ އިތުރުން ފިލްމީ ތަރިއެކެވެ. ގިނަ އަދަދެއްގެ ޓީވީ ޓޯކް ޝޯ ވެސް އޭނާ ހޯސްޓުކުރެއެވެ.  އޭނާ ވަނީ ގިނަ ހިންދީ އަދި މަދުން މަވެސް، ޓެލެގޫ އަދި ތަމަޅަ ފިލްމުތަކުން ފެނިގެން ގޮސްފައެވެ.

އިންޑިއާގެ ރިއަލިޓީ ޓީވީ ސީރީޒް "ބިގް ބޮސް 1" ގެ ފުރަތަމަ ސީޒަންގެ ކޮންޓެސްޓަންޓެއްގެ އިތުރުން "ބިގް ބޮސް 14" ގެ ޗެލެންޖަރެއްގެ އިތުރުން ފައިނަލިސްޓެއްގެ ގޮތުގައި ވެސް ރާކީ ފެނުނެވެ. 

53%
ކަމުގޮސްފި
27%
އަޑުއެހިތާ މިހުރީ
13%
ސަތޭކައަކުން ސުމެއް
7%
ވަރަށް ސަލާމް
ކޮމެންޓްސް