ads
މިއަދުގެ ރަސްމިއްޔާތުގައި މިނިސްޓަރު ނަސީމް
ޓާޝަރީ ހޮސްޕިޓަލުތަކުގައި ކެންސަރަށް ފަރުވާދެވޭ ގޮތް ހަދަނީ
ސަރުކާރުން ހިންގާ ޓާޝަރީ ހޮސްޕިޓަލުތަކުގައި ކެންސަރަށް ސްކްރީން ކުރުމާއި ފަރުވާ ދިނުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށް ހެލްތް މިނިސްޓަރު އަހުމަދު ނަސީމް ވިދާޅުވެއްޖެ އެވެ.

މިނިސްޓަރު ނަސީމް މިހެން ވިދާޅުވީ ރާއްޖޭގެ ނެޝަނަލް ކެންސަރު ކޮންޓްރޯލް ޕްލޭން 2022-2026 އިފްތިތާހުކުރުމުގެ ޖަލްސާގައި މިއަދު ދެއްކެވި ވާހަކަފުޅުގައެވެ.

މިނިސްޓަރު ނަސީމް ވިދާޅުވީ ކެންސަރު ކޮންޓްރޯލް ކުރުމަށް ސަރުކާރުން ބޮޑެތި މަސައްކަތްތަކެއް ކުރަމުން ގެންދާ ކަމަށެވެ. އަދި ކެންސަރު ބަލީގެ މީހުންނަށް ފަރުވާއާއި އެހީތެރިކަން ފޯފުކޮށްދިނުމުގެ މަސައްކަތް ފުޅާކުރަމުން ގެންދާކަމަށް ނަސީމް ވިދާޅުވިއެވެ.

މިގޮތުން ކެންސަރު ބަލިމީހުންގެ ފުރިހަމަ ރެކޯޑެއް ގާއިމުކޮށް އެ ބަލީގައި ފަރުވާ ހޯދާފަރާތްތަކަށް ދުވަހުން ދުވަހަށް ދޭންޖެހޭ ފަރުވާ އާއި އެހެނިހެން ހިދުމަތްތައް ތަރައްގީކުރަމުން ގެންދާކަމަށްވެސް ނަސީމް ވިދާޅުވިއެވެ.

އެގޮތުން ނެޝަނަލް ކެންސާ ރެޖިސްޓްރީ ފުރިހަމަ ކޮށް ކެންސަރަށް ސްކްރީން ކުރުމާއި ފަރުވާދިނުން، މިހާރު ތަރައްގީ ކުރެވެމުންދާ ޓާޝަރީ ހަސްފަތާލުތަކަށް ފުޅާކުރުކަމަށް ސަރުކާރުން ގެންދަނީ މަސައްކަތް ކުރަމުންކަމަށްވެސް މިނިސްޓަރު ނަސީމް ވަނީ ވިދާޅުވެފައެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
100%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް