ads
ސަލާން ޖަހާ ކަމަށް ބުނާ ބިދޭސީ މީހާ——ފޮޓޯ: ސޯޝަލް މީޑިއާ
ސަލާންޖަހަން އުޅުނު ޖަޕާން މީހާ ދިވެެއްސަކާ އިނދެގެން އުޅޭތީ ގައުމަށް އަދި ފޮނުވާނުލާ
މާލޭ މަގުމަތީގައި ސަލާންޖަހަން އުޅުނު ޖަޕާން އަންހެން މީހާ އަދި ގައުމަށް ފޮނުވާނުލާ ކަމަށް އިމިގްރޭޝަނުން ބުނެފި އެވެ.
Advertisement

މާލޭ މަގުމަތީގައި ސަލާންޖަހަން އުޅޭ ޖަޕާން މީހެއް ކަމަށް ބުނެ ސޯޝަލް މީޑިއާގައި ވަނީ ވީީޑިއޯޯ އަދި ފޮޓޯތަކެއް ދައުރުވެފައެވެެ. 

އެކަން ފުލުހުންގެ ސަމާލުކަަމަށް އައުމާއި ގުޅިގެން އޭނާ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސް މައުލޫމާތު ސާފުކުރުމަށްފަހު، އިއްޔެ ވަނީ  އިމިގްރޭޝަނާއި ހަވާލުކޮށްފަ އެވެ. 

އޭނާ އަކީ ކޮން ގައުމެއްގެ މީހެއް ކަމެއް، އަދި އޭނާ ސަލާންޖަހަން މަގުމަތީ އުޅެނީ ކީއްވެކަމެއް ވެސް ފުލުހުން ސާފުކޮށެއް ނުދެ އެވެ. މީގެ އިތުރުން އޭނާ މާލޭގައި އުޅޭތާ ކިހާ ދުވަހެއް ވެއްޖެކަންވެސް ފުލުހުން ސާފުކޮށެއް ނުދެއެވެ. ފުލުހުން އެދުނީ އިމިގްރޭޝަނުން އެކަން ސާފުކުރުމަށެވެ. 

ނަމަވެސް، ފޯނަށް ޖަވާބު ނުދޭތީ މިކަމާއި ގުޅިގެން އިމިގްރޭޝަންގެ ބަހެއް އިއްޔެ ލިބޭގޮތެއް ނުވި އެވެ. 

މިއަދު އިމިގްރޭޝަނުން އެކަމާއި ގުޅިގެން ނެރުނު ބަޔާނުގައި ވެސް މާބޮޑު ތަފްސީލެއް ހާމަކޮށްފައެއް ނުވެ އެވެ. 

ބުނެފައިވަނީ، އިމިގްރޭޝަންގެ ގާނޫނާއި ހިލާފަށް އުޅެމުންދާ ޖަޕާން އަންހެނަކު އެ އިދާރާއާއި ހަވާލުކޮށްފައިވާ ކަމަށާއި، ބެލިބެލުމުން އޭނާ އަކީ ދިވެއްސަކާއި އިނދެގެން ރެސިޑެންޓް ވިސާގައި ރާއްޖޭގައި އުޅެމުން އަންނަ މީހެއްކަން ކަށަވަރު ކުރެވިފައިވާ ކަމަށެވެ. އޭނާ ރާއްޖޭގައި ދިރިއުޅޭތާ ކިހާ ދުވަހެއް ވީކަމެއް އަދި ސަލާންޖަހަން އުޅެނީ ކީއްވެކަމެއްވެސް ސާފެއް ނުކޮށްދެ އެވެ. 

އިމިގްރޭޝަންގެ ބަޔާނުގައި އިތުރަށް ބުނެފައިވަނީ، މުޖުތަމައުގެ އާންމު ހަމަޖެހުމާއި ރައްކާތެރިކަމާއި  ގުޅުވާ އޭނާގެ އާއި ގުޅޭގޮތުން ފާހަގަވެފައިވާ މައްސަލާގައި އިމިގްރޭޝަންގެ ގާނޫނާއި ހިލާފު ކަމެއް އުޅޭތޯ ކަށަވަރުކުރުމަށް މައްސަލަ އިތުރަށް ތަހުގީގު ކުރަމުންދާ ކަމަށެވެ.

އެ އަންހެން މީހާ އާއި ދިމާވެ ވާހަކަދެއްކި ބައެއް ފަރާތްތަކުން ސޯޝަލް މީޑިއާގައި ވީޑިއޯ ހިއްސާކޮށް ބުނެފައިވަނީ ތަކުރާރުކޮށް އޭނާ އާއި ދިމާވަމުންދާ ކަމަށާއި، އޭނާ އަކީ ދިވެއްސަކާއި ކައިވެނިކޮށްގެން އުޅޭ ޖަޕާން މީހެއް ކަމަށެވެ. އަދި، ކައިވެނިކޮށްގެން އުޅޭތާ 13 އަހަރުވެފައިވާ މީހެއް ކަމަށް އޭނާ ބުނާ ކަމަށެވެ. 

ސަލާންޖަހަނީ ފިރިމީހާ ބަލިވެގެން ހޮސްޕިޓަލުގައި އެޑްމިޓުކޮށްފައިވާތީ ކަމަށް ބުނާ ކަމަށެވެ. އަދި އެހެން ދުވަހަކު ބައްދަލުވުމުން މިހާރު ފިރިމީހާ އޭނާ ވަރިކޮށްފައިވާ ކަމަށް ބުނި ކަމަށްވެސް ސޯޝަލް މީޑިއާގައި މީހަކު ބުނެފައި ވެއެވެ. 

އޭނާ އާންމުކޮށް ސަލާންޖަހަނީ މަގުމަތިން ދިމާވާ ފިރިހެނުން ކައިރީން ކަަމަށްވެސް ވީޑިއޯ ހިއްސާކުރި މީހަކު ބުނެފައިވެއެވެ.

50%
ކަމުގޮސްފި
25%
އަޑުއެހިތާ މިހުރީ
25%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް