
ކަޅެގަލެކޮޑާ 2023ގެ ޗެމްޕިއަންކަން ކަބޯ ހޯދީ ފައިނަލުގައި އިސްމާއިލް ރަޝީދު (ސްމައިލީ) ބަލިކޮށްގެންނެވެ.
ފައިނަލުގައި ކަބޯ ވަނީ އެ ފުރަތަމަ ރާޅުގައި 8.33ގެ ސްކޯއެއް ހޯދައިފަ އެވެ. އޭގެ ފަހުން ސްމައިލީ ވަނީ ދެ ރާޅުން 7.17 އާއި 7.83ގެ ސްކޯއެއް ހޯދައި ލީޑު ނަގައިފަ އެވެ.
15.00ގެ ސްކޯއެއްގައި ސްމައިލީ އޮއްވާ ކަބޯ ވަނީ އޭނާގެ ދެ ވަނަ ރާޅުގައި 7.00ގެ ސްކޯއެއް ހޯދައި ފައިނަލުގައި ލީޑު ނަގާފަ އެވެ. އޭގެ ފަހުން ސްމައިލީ ދެ ރާޅު އެޅި ނަމަވެސް އޭނާގެ ދެ ވަނަ އަށް އެންމެ މަތީ ސްކޯ އަށް ވުރެ ރަނގަޅު ސްކޯއެއް ނުހޯދުނެވެ.
މި މުބާރާތް ކުރިއަށްދިޔައީ ގދ. ގައްދޫގައެވެ. އގައްދޫގައި ކުރިއަށްދިޔަ މި އަހަރުގެ ކަޅެގަލެކޮޑާ 2023 އަކީ ސާފިން އެސޯސިއޭޝަނުން އެ ރަށުގައި ބޭއްވި ތިން ވަނަ މުބާރާތެވެ. އަދި މިއީ މި އަހަރުގެ ފުރަތަމަ މުބާރާތެވެ.
ކަޅެގަލެކޮޑާ 2023ގެ 18 އަހަރުން ދަށުގެ ބައިގެ ޗެމްޕިއަންކަން ހޯދީ މުހައްމަދު ޒަޔާން (ޗޮއްޕު) އެވެ. ގައުމީ ޖޫނިއާ ޓީމްގެ ޗޮއްޕު ފައިނަލު މެޗު ކާމިޔާބުކުރީ ޔޫސުފް ކަޔާންއާ ވާދަކޮށް ރަނގަޅު ނަތީޖާއަކުންނެވެ.