
އޭސީސީ ޗެލެންޖާސް ކަޕަކީ އޭޝިއަން ކްރިކެޓް ކައުންސިލް (އޭސީސީ) އޭޝިއަން ކަޕް 2023 ގެ ކޮލިފައިން ފުރަތަމަ ބުރުގައި ކުޅޭ މުބާރާތެވެ.
ބެންކޮކްގައި އަންނަ މަހުގެ 24 އިން މާޗް ހަތަކަށް ބާއްވާ ޗެލެންޖާސް ކަޕްގައި އަށް ގައުމަކުން ވާދަކުރާނެ އެވެ.
މި މުބާރާތުގައި ރާއްޖެ ހިމެނުނީ ބަހްރެއިން، ބޫޓާން އަދި އީރާން އާއިއެކު ގްރޫޕް އޭގަ އެވެ. އަނެއް ގްރޫޕް ބީގައި ހިމެނެނީ ސައުދިއަރަބިއްޔާ، އިންޑޮނޭޝިއާ، ތައިލެންޑް އަދި މިޔަންމާ އެވެ.
އޭސީސީ ޗެލެންޖާސް ކަޕްގައި ވާދަކުރާ ގައުމީ ޓީމް
އާދަމް ނާސިފް - ބެޓްސްމަން (ކެޕްޓަން)
އަހުމަދު އަމީލް - އޯލް ރައުންޑަރ (ވައިސް ކެޕްޓަން)
މުހައްމަދު ރިޝްވާން - ބެޓްސްމަން
ހަސަން ހާޒިގް - ވިކެޓް ކީޕަރު/ބެޓްސްމަން
އިބްރާހިމް ނަޝާތު - އޯލް އިރައުންޑަރ
މުހައްމަދު އައްޒާމް - ވިކެޓްކީޕަރު/ބެޓްސްމަން
އިބްރާހިމް ނަޒްވާން - އޯލް ރައުންޑަރ
އިސްމާއިލް އަލީ - ބެޓްސްމަން
ޝިއުޒް ފަރީދު - ބެޓްސްމަން
ލީމް ޝަފީގް - ބޯލަރ
ހަސަން އިބްރާހިމް - ބޯލަރ
އިބްރާހިމް ރިޒާން - ބޯލަރ
އަލީ ޝުނާން - ބޯލަރ
މުހައްމަދު މަހުފޫޒު - ބޯލަރ
ކޯޗު : އަހުމަދު ނީޝަމް
ކޯޗު: އިމާދު އިސްމާއިލް
މެނޭޖަރު: އިބްރާހިމް ޝާޒް