ads
އިސްލާމީ މަރުކަޒުގައި ބަހައްޓާފައިވާ ފަންޑުފޮށި——ފޮޓޯ: ސީއެންއެމް
ތުރުކީ-ސީރިއާ ފަންޑް: އެއް ދުވަހުން މިލިއަން ރުފިޔާ
ތުރުކީއާއި ސީރިއާއަށް ކުރިމަތިވި ބިންހެލުގައި، ހާލުގައި ޖެހިފައިވާ ފަރާތްތަކަށް އެހީވުމަށް ރާއްޖޭގެ ބޮޑެތި މިސްކިތްތަކުގައި ބެހެއްޓި ފަންޑުފޮށިތަކަށާއި އޮންލައިން ޓްރާންސްފާގެ ގޮތުގައި އެއް ދުވަހުން އެއް މިިލިއަނަށް ވުރެ ގިނަ ރުފިޔާ ލިބިއްޖެ އެވެ.

ރާއްޖޭގެ ބޮޑެތި މިސްކިތްތަކުގައި ފަންޑުުފޮށިތައް ބަހެއްޓުމާއިއެކު އިއްޔެފެށި މި ކެންޕެއިނަކީ އިންޓަނޭޝަނަލް އެއިޑް ކެމްޕޭން(އައިއޭސީ) އިސްނަގައިގެން އިލްމުވެރިންނާއި މަދަނީ ޖަމިއްޔާތައް ގުޅިގެން "އެއް އުންމަތެކޭމީ" ނަމުގައި ފެށި ކެމްޕެއިން ހަރަކާތެކެވެ.

އިއްޔެ ހުކުރު ނަމާދު ކުރިއަށްދިޔައިރު އިސްލާމީ މަރުކަޒުގައި ވެސް ވަނީ ފަންޑު ފޮށިތައް ބަހައްޓާފަ އެވެ. އެތަނުގައި ތިން ފޮށި ބަހައްޓާފައި ވެއެވެ. އަދި ސަލްމާން މިސްކިތުގައި ވެސް ފަންޑުފޮށިތައް ބަހައްޓާފައި ވެއެވެ. 

މި ހަރާކާތުގެ ފަރާތުން ކުރީގެ އިސްލާމިކް މިނިސްޓަރު، ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު މިއަދު ވިދާޅުވީ، އިއްޔެ ކުރިއަށް ގެންދިޔަ ހަރަކާތުން 1 މިލިއަނަށްވުރެ ގިނަ ރުފިޔާ ލިބިފައިވާ ކަމަށާއި، މިއީ މިހާތަނަށް ރާއްޖޭގައި ހިންގި ފަންޑް ރެއިޒިން ޕްރޮގްރާމްތަކުގެ ތެރެއިން އެންމެ ބޮޑު ތަރުހީބެއް ލިބިގެން ދިޔަ އެއް ޕްރޮގްރާމު ކަމަށެވެ. 

"މަދު ގަޑިއިރެއްގެ ތެރޭގައި އެއް މިލިއަން. އެންމެ ބޭފުޅުންނަށް މާތް ﷲ ހެޔޮ ޖަޒާ ދެއްވާށި. އާމީން." ޝަހީމް ވިދާޅުވި އެވެ.

އެއް އުންމަތެކޭ މީ ފަންޑަށް ލިބުނު އެހީ:

  • ރުފިޔާއިން: 700،000
  • އޮންލައިން ޓްރާންސްފާއަށް ލިބުނު އަދަދު: 364،000
  • ޑޮލަރުން: 1300+

މީގެ އިތުރުން މި ހަރާކާތުގެ ތެރެއިން އިތުރު ތިން ރަށަކުން ލިބުނު ފައިސާގެ އަދަދުވެސް ހިމެނެއެވެ. އޭގެ ތަފްސީލުތައް އަދި އެ ހަރަކާތުގެ ފަރާތުން ހާމައެއް ނުކުރެ އެވެ. 

ތުރުކީއާއި ސީރިއާއަށް ކުރިމަތިވި ބިންހެލުމުގައި ބޮޑެތި ގެއްލުންތަކެއް ވެފައިވާއިރު މިހާތަނަށް 42000 އަށް ވުރެ ގިނަ މީހުންވަނީ މަރުވެފައެވެ. އެކިވަރުގެ ޒަހަމުތައް ލިބިފައިވާ 114,926 މީހުން އުޅޭއިރު، 6500 އަށްވުރެ ގިނަ ގެދޮރު ވަނީ ފަނާވެފައެވެ.  

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް