ads
ވީއައިއޭގައި ފުރަން ގޮސް ތިބި މީހުންގެ ކިޔޫ——
އިމިގްރޭޝަންގެ ބޯޑާ ސިސްޓަމަށް މައްސަލައެއް ދިމާވެ، ވީއައިއޭގައި ބޮޑެތި ކިޔޫތައް
އިމިގްރޭޝަންގެ ސިސްޓަމަށް ދިމާވި މައްސަލައަކާއި ގުޅިގެން ވެލާނާ އިންޓަނޭޝަނަލް އެއަޕޯޓުގައި ކްލިޔަރެންސް ނުހެދި ލަސްވަމުންދިޔަ މައްސަލަ ހައްލުކޮށްފި އެވެ.

މިއަދު ހެނދުނު ވީއައިއޭއަށް ފުރަން ދިޔަ މީހުންގެ ކިޔޫތައް އިމިގްރޭޝަން ކައުންޓަރުތަކުން ފެށިގެން، ޗެކިން ކައުންޓަރުތަކާއި ހަމަޔަށް ވަނީ ފޯރާފަ އެވެ. ކިޔޫތަކުގައި ގަޑިއިރަކަށް ވުރެ ގިނައިރު ވަންދެން ފުރަން ދިޔަ މީހުން ތިބެން ޖެހުނެވެ. 

އިމިގްރޭޝަނުން ބުނީ، ކިޔޫތައް ބޮޑުވެގެން ދިޔައީ ބޯޑާ ސިސްޓަމަށް ދިމާވި މައްސަލައަކާއި ގުޅިގެން ކްލިއަރެންސްގެ މަސައްކަތް މެދުކެނޑުމުން ކަމަށާއި، އެވަގުތަށް ކްލަޔަރަންސް ހެދުން ވަރަށް ބޮޑަށް ލަސްވެގެން ދިޔަ ކަމަށެވެ. 

މިހާރު އެމައްސަަލަ ހައްލުކޮށް ކިޔޫތަކުގައި ތިބި ގިނަ އަދަދެއްގެ ފަސިންޖަރުންގެ ކްލިޔަަރަންސް ވީހާވެސް އަވަހަށް ކުރުމަށް މަސަައްކަތް ކުރަމުންދާ ކަމަށް އިމިގްރޭޝަނުން ބުންޏެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް