ދައުލަތުގެ މީޑިއާއަށް މައުލޫމާތު ދެއްވަމުން ފައުޒީ ވިދާޅުވެފައިވަނީ ފެލިވަރުގެ ކެޕޭސިޓީ ހުރިގޮތުން އޮޕަރޭޝަންތައް ހިންގަމުން ގެންދަނީ ދަތިތަކާ އެކުގައި ކަމަށެވެ.
ފެލިވަރުގައި ހުރި ސްޓޯރޭޖަކީ ވަރަށް ދުވަސްވީ ތަނެއް ކަމަށާއި ތަން ބެލެހެއްޓުމުގެ ކަންކަން ކުރަމުން ދަނީ ވަރަށް އުދަނގޫކޮށް ކަމަށް ފައުޒީ ވިދާޅުވިއެވެ. ފައުޒީ ވިދާޅުވީ ފެލިވަރަކީ ލޭންޑް ބޭސްގައި ފްރީޒިން ކެޕޭސިޓީ ނެތް ތަނެއް ކަމުން މެނޭޖުކުރަމުން ދަނީ ބޯޓެއް ބާއްވައިގެން ކަމަށެވެ.
ފެލިވަރު ތަރައްގީކުރުމުގެ މަސައްކަތް ކުރިއަށް ގެންދިއުމަށް ނިންމާފައިވަނީ މިހާރު ހުރި ކެޕޭސިޓީގެ ދަތިތައް ހައްލުކޮށް، މަސް ގަތުމާ ގުޅުންހުރި ހުރިހާ ކަމެއް އެއް ތަނަކުން ފަސޭހައިން ލިބޭނެ ތަނަކަށް ފެލިވަރު ހެދުމަށް ކަން ފާހަގަކުރައްވާ ފައުޒީ ވިދާޅުވީ ފެލިވަރު ތަރައްގީކުރުމުގެ މަސައްކަތް ކުރުމަށް ހަމަޖެހިފައިވަނީ ދެ ފިޔަވައްސަކަށް ބަހާލައިގެން ކަމަށެވެ.
ފެލިވަރު ތަރައްގީކުރުމުގެ މަސައްކަތް:
އިންޑިއާގެ އެގްޒިމް ބޭންކުގެ ލޯނު އެހީގެ ދަށުން ހިންގުމަށް ހަމަޖެހިފައިވާ 23 މިލިއަން ޑޮލަރު (354 މިލިއަން ރުފިޔާ) ގެ މި މަޝްރޫއުގެ މަސައްކަތް ކުރުމަށް މިދިޔަ މަހު މިފްކޯއިން ވަނީ ރައިނެކް އިންޑިއާ އާއެކު ސޮއިކޮށްފައެވެ. އެ އެއްބަސްވުމުގެ ދަށުން،
ފެލިވަރުގައި ތަރައްގީ ކުރާ ކޯލްޑް ސްޓޯރޭޖަކީ މިހާތަނަށް ރާއްޖޭގައި ގާއިމުކުރެވޭނެ އެންމެ ބޮޑު ކޯލްޑް ސްޓޯރޭޖެވެ.