ads
ރައީސް ސޯލިހްގެ ޓީމު ގާސިމް އަރިހުގައި: ފޮޓޯ މިހާރު
ރައީސް ސޯލިހްގެ ޓީމެއް ގާސިމް އަރިހަށް!
އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ފަރާޕުޅުން، އައްޑޫ ހިތަދޫ އުތުރު ދާއިރާގެ މެމްބަރު މުހައްމަދު އަސްލަމާއި ހުޅުމާލޭ ދާއިރާގެ މެމްބަރު އަދި ރައީސް ސޯލިހްގެ ކޮއްކޯފުޅު އަލީ ނިޔާޒް، ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި މާމިނގިލީ ދާއިރާގެ މެމްބަރު ގާސިމް އިބްރާހީމާއި ބައްދަލުކުރައްވައިފި އެވެ.

މި ދެބޭފުޅުން ގާސިމާއި ބައްދަލުކުރެއްވީ އިއްޔެ ސަން އައިލެންޑް ރިސޯޓްތައެވެ. ނަމަވެސް ގާސިމްގެ ފަރާތުންވެސް އަދި ރައީސް ސޯލިހްގެ ފަރާތުންވެސް މިކަމާއި ގުޅޭގޮތުން އިތުރަށް ވާހަކައެއް ނުދައްކައެވެ.

އެހެންކަމުން ރައީސްގެ ޓީމުން ގާސިމްއާއި ކުރެއްވީ ކޮން މަޝްވަރާތަކެއް ކަމެއް ސާފެއް ނުވެއެވެ. ނަމަވެސް ބެލެވޭގޮތުގައި އެބޭފުޅުން ކުރަށްވާނީ އަންނަ ރިޔާސީ އިންތިހާބުގައި ކޯލިޝަން ހެދުމާއިގުޅޭ މަޝްވަރާތަކެވެ.

ރިޔާސީ އިންތިހާބުގައި ވާދަކުރާނެ ގޮތެއް ޖުމްހޫރީ ޕާޓީން އަދި ނިންމާފައި ނުވާއިރު، އެމްޑީޕީން މިހާރުވަނީ ރައީސް ސޯލިހަށް ރިޔާސީ ޓިކެޓްވެސް ހަވާލުކޮށްފައެވެ. 

ރިޔާސީ ކެންޑިޑޭޓަކު ކަނޑައެޅުމަށް މިދިޔަ ޖެނުއަރީ މަހު ބޭއްވި އެމްޑީޕީ ރިޔާސީ ޕްރައިމަރީ ރައީސް މުހައްމަދު ނަޝީދާއި ވާދަކުރައްވާ ރައީސް ސޯލިހް ކާމިޔާބު ކުރެއްވީ 61 އިންސައްތަ ވޯޓުންނެވެ. ރައީސް ނަޝީދަށް ލިބިވަޑައިގެންނެވީ 39 އިންސައްތަ ވޯޓެވެ.

މީގެއިތުރުން ރިޔާސީ އިންތިހާބުގައި ކޯލިޝަން ހެދުމުގެ މަޝްވަރާތައް ކުރުމާއި ކޯލިޝަން ހެދުމުގެ ބާރު އެމްޑީޕީ ގައުމީ މަޖިލީހުން ރައީސް ސޯލިހަށް މިހާރުވަނީ ދީފައެވެ.

50%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
50%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް