ads
އައްބާސް އާދިލް ރިޒާ
އިންޑިޔާ އެމްބަސީގައި ހުޅުޖަހަން ގޮވި އައްބާސްގެ މައްޗަށް ދައުވާކޮށްފި
އިންޑިއާ އެމްބަސީގައި ރޯކޮށްލަން ގޮވާލައި ޓްވީޓުކުރި މައްސަލަ އަދި ކްލަބް ހައުސްގައި ދެއްކި ވާހަކައެއްގައި ތަންތަނުގައި ހުޅުޖަހަން ގޮވި މައްސަލައިގައި އައްބާސް އާދިލް ރިޒާގެ މައްޗަށް، ފަނާކޮށްފާނެ ކަމުގެ ބިރު ދެއްކުމުގެ ދައުވާ ދައުލަތުން އުފުލައިފި އެވެ.

އިންޑިއާ އެމްބަސީގައި ރޯކޮށްލުމަށް އޭނާގެ ނަމުގައިވާ ޓްވިޓާ އެކައުންޓަކުން ގޮވާލި މައްސަލާގައި މިދިޔަ ޑިސެމްބަރު މަހު ފަހުކޮޅު ހައްޔަރު ކުރި އައްބާސްގެ މައްޗަށް ގާނޫނުލްއުގޫބާތުގެ ދަށުން އުފުލާފައި ވަނީ ފަނާކޮށްފާނެކަމުގެ ބިރުދެއްކުމުގެ ދައުވާ އެވެ. އެ ކުށް ސާބިތުވެއްޖެ ނަމަ އަންނާނެ އަދަބަކީ އެއް އަހަރާއި ހަތް މަހާއި ހަ ދުވަހަށް ޖަލަށްލުމެވެ.

އިންޑިޔާ އެމްބަސީގައި ހުޅުޖަހަން ގޮވާލާ ޓްވީޓް ކުރި ކަމުގެ ތުހުމަތުގައި ތިން ފަހަރެއްގެ މަތިން ބަންދު މުއްދަތު އޭނާގެ އިތުރުކުރިއެވެ. ތިން ފަހަރެއްގެ މަތިން ބަންދު މުއްދަތު އިތުރު ކުރުމަށް ފަހު އޭނާ ދޫކޮށްލީ ޝަރުތުތަކަކާއެކުއެވެ.

އައްބާސް އޭރު ކުރި ޓްވީޓެއްގައި ބުނީ އައްޑޫގައި ފެބްރުއަރީ އަށް ވަނަ ދުވަހު ހުޅުޖެހީ އިންޑިއާގެ އޯޑަރަށް ކަމަށާއި، އެކަމުގެ ބަދަލު އަދި އޮތީ ނުހިފިކަމަށެވެ. ބަދަލު ހިފުން އިންޑިއާ އެމްބަސީން ފަށަން ފެންނަ ކަމަށް އެ ޓްވީޓުގައި ބުނެފައިވެ އެވެ.

އައްބާސްވަނީ ރައީސް ވަހީދުގެ ވެރިކަމުގައި ރައީސް އޮފީހުގެ ތަރުޖަމާނުކަމާއި ފިނޭންސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުކަން ކުރައްވާފަ އެވެ. އަދި ރައީސް ޔާމީންގެ ވެރިކަމުގައި ކަސްޓަމްސްގެ އެންމެ އިސްވެރިޔާގެ މަގާމްވެސް އައްބާސް އަދާ ކުރައްވާފައި ވެއެވެ.

50%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
50%
ވަރަށް ސަލާމް
ކޮމެންޓްސް