ވައިގެ ދަތުރުތަކާ ބެހޭ ގޮތުން މައުލޫމާތު ފޯރުކޮށްދޭ އެވީއޭޓާސް މޯލްޑީވްސް އިން ނެރުނު ބަޔާނެއްގައި ބުނީ ޓްރާންސް މޯލްޑިވްސް އިން ހޯދި މި ޝަރަފުވެރި ކާމިޔާބީއާއި އެކު މިއީ މުޅި އޭޝިއާއިން ވެސް މި ކާމިޔާބީ ހޯދި ފުރަތަމަ އެއާލައިން ކަމަށެވެ.
ކެނެޑާ ލިމިޓެޑުގެ ޑި ހެވިލެންޑް އެއާކްރާފްޓް ލިމިޓެޑަކީ ކެނެޑާގެ މަތިންދާބޯޓު އުފައްދާ ކުންފުންޏެކެވެ. އެ ކުންފުނި 1928 ވަނަ އަހަރު އުފެދުނު ފަހުން މިހާތަނަށް ގިނަ އަދަދެއްގެ މަތިންދާބޯޓު މޮޑެލްތައް އުފައްދާފައިވެ އެވެ.
މިދިޔަ އާދީއްތަ ދުވަހު މިކަމަށް ބޭއްވި ހާއްސަ ރަސްމިޔާތުގައި ޑީ ހަވިލޭންޑް ގެ ޗީފް އެގްޒެކެޓިވް އޮފިސަރު ބްރިއާން ޝާފް ވަނީ ޓްރާންސްމޯލްޑީވްސް އެއާވޭސްގެ ޗީފް އެގްޒެކެޓިވް އޮފިސަރު އޭޔޫމއެމް ފައުޒީ އަށް މި ކާމޔާބީ ގެ ސެޓިފިކެޓް ހަވާލުކޮށްދެއްވާފައެވެ. މި ރަސްމިޔާތުގައި ޑީ ހާވީލެންޑްގެ އޯނަރުން ޝެރީ ބްރައިޑްސޮން އަދި ރޮބާޓް މެކްޑޮނާލްޑްގެ އިތުރުން ދެ ކުންފުނީގެ އިސްވެރިން ބައިވެރިވަޑައިގަތެވެ.
އެ ރަސްމިޔާތުގައި ވާހަކަދައްކަަމުން އޭޔޫއެމް ފައުޒީ ވަނީ ޑީ ހާވިލޭންޑް އިން ޓްރާންސް މޯލްޑީވްސް އަށް ދެއްވާ އެހީތެރިކަމާއި، ޓްރާސްމޯލްޑިވްސް އަށް ލިބެމުންދާ ކާމިޔާބީތަކުގައި މުހިއްމު ރޯލްތަކެއް އަދާކުރަމުން ދާކަމަށްޓަކައި ފަށްފަށުން ޝުކުރުއަދާކުރައްވާފަ އެވެ.
މި އެންޑޯސްމަންޓަކީ ޓްރާންސް މޯލްޑިވްސް އެއާވޭސް އިން މި ދާއިރާގައި ހިދުމަތް ފުޅާކޮށް ހަރުދަނާ ކުރަން ލިބުނު އާ ހިތްވަރެއްގެ އިތުރުން އެއާލައިނުން މަތިންދާބޯޓު ބެލެހެއްޓުމާއި ހިދުމަތުގައި އެންމެ މަތީ ފެންވަރުގައި ދެމެހެއްޓުމަށް ކުރާ މަސައްކަތަށް ވެސް ލިބުނު އާ ހިތްވަރެއްކަމަށް ޓްރާސް މޯލްޑިވްސް އިން ބުނެއެވެ.
ޑީ ހާވިލޭންޑް ގެ ސީއީއޯ ބްރަޔަން ޝާފް ގެ ވާހަކަފުޅުގައި އޭނާ ވަނީ ޓީއެމްއޭ އިން ދެ މިލިއަން ފްލައިޓް ސައިކަލް ފުރިހަމަ ކުރިކަަމަށް ފާހަގަކޮށް އެފަދަ އެހެން ކާމިޔާބިއެެއް އެހެން ބައެއް ނުހޯދާކަން ފާހަގކޮށްފަ އެވެ. މީގެ އިތުރުން އެ އެންޑޯސްމަންޓުން ދެ ކުންފުނީގެ މެދުގައި އޮތް ޕާޓްނަޝިޕް ވަރުގަދަވެ، އަދި ކުރިއަށް އޮތްތަނުގައި ޓީއެމްއޭގެ ހިންގުމަށް ތާއީދު ދެމިއޮތުން ކަށަވަރުކޮށްދޭ ކަމަށްވެސް އޭވިއޭޓާސް މޯލްޑިވްސް އިން ނެރުނު ބަޔާނުގައިވެ އެވެ.
1989 ވަނަ އަހަރު އުފެއްދި ޓްރާސްމޯލްޑީވްސް އަކީ ރާއްޖޭގައި މީހާރު ހުރި އެންމެ ދުވަސްވީ އެއާ ސާވިސް އޮޕަރޭޓަރެވެ. ރާއްޖޭގައި ހުރި އެންމެ ގިނަ ދުބަސްވީ އެއާ ސާވިސް އޮޕަރޭޓަރުގެ އިތުރުން މިއީ ދުނިޔޭގެ އެންމެ ބޮޑު ސީޕްލޭން އޮޕަރޭޓަރުވެސްމެ އެވެ.