ads
މިހާރު ސަރުކާރުގެ ކޯލިޝަންތެރޭ އޮތް ޕާޓީތަކުގެ ލީޑަރުންނާއިއެކު ރައީސް ސޯލިހް
ކޯލިޝަން ޕާޓީތަކަށް ރައީސް ސޯލިހްގެ ސިޓީ ފުޅެއް
ސަރުކާރު ކޯލިޝަންގައި ހިމެނޭ ޖުމްހޫރީ ޕާޓީއާއި އަދާލަތު ޕާޓީ އަދި މޯލްޑިވްސް ރިފޯމް މޫމްމަންޓަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ސިޓީފުޅެއް ފޮނުއްވައިފި އެވެ.
Advertisement

އަންނަ ސެޕްޓެމްބަރު މަހު އޮންނަ ރިޔާސީ އިންތިހާބަށް ތައްޔާރުވުމުގެ ގޮތުން، އެމްޑީޕީގެ ފަރާތުން ކޯލިޝަން ހެދުމާއި އެކަމަށް މަޝްވަރާ ކުރުމުގެ ބާރު އެޕާޓީގެ ގައުމީ މަޖިލީހުން މިދިޔަ ހަފްތާގައިވަނީ ރައީސް ސޯލިހަށް ދެއްވާފައެވެ.

އެނގިފައިވާ ގޮތުގައި ރައީސް ސޯލިހް މިއަދު ކޯލިޝަން ޕާޓީތަކަށް ސިޓީފުޅެއް ފޮނުއްވީ ރިޔާސީ އިންތިހާބަށް ކޯލިޝަން ހެދުމުގެ މަޝްވަރާތަކަށް ޖާގަ ހޯއްދެވުމަށެވެ. ނަމަވެސް އެކަމުގެ ތަފްސީލެއް އަދި ސާފެއް ނުވެއެވެ.

ރައީސް ސޯލިހްގެ ސިޓީފުޅާއި ގުޅިގެން ބައެއް ޕާޓީތަކުން ގޮތެއް ނިންމުމަށް ޕާޓީގެ ތެރޭގައި މިހާރު މަޝްވަރާކުރަމުން ދާކަމަށް މައުލޫމާތު ލިބެއެވެ.

ރައީސް ސޯލިހްގެ ފަރާތްޕުޅުން ކޯލިޝަން ޕާޓީތަކަށް ސިޓީފުޅެއް ފޮނުއްވިއިރު، ކޯލިޝަންގައި ދެވަނައަށް އެންމެ ބޮޑު ޕާޓީ، ޖުމްހޫރީޕާޓީގެ ލީޑަރު ގާސިމް އިބްރާހީމްގެ އަރިހަށް ރައީސް ސޯލިހްގެ ފަރާތްޕުޅުން އިއްޔެވަނީ ޓީމެއް ވަޑައިގެން މަޝްވަރާ ކުރައްވާފައެވެ.

އިއްޔެ ސަން އައިލެންޑް ރިސޯޓްގައި ކުރިއަށް ދިޔަ އެ މަޝްވަރާތަކާއި ގުޅޭ ތަފްސީލެއްވެސް މިހާތަނަށް ސާފެއް ނުވެއެވެ.

0%
ކަމުގޮސްފި
33%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
67%
ވަރަށް ސަލާމް
ކޮމެންޓްސް