ads
މީގެ ކުރީން ސިންގަޕޫރަށް ރައީސްގެ ދެކަނބަލުން ކުރެއްވި ދަތުރުފުޅެއް----ފޮޓޯ: ރައީސް އޮފީސް
ނުރަސްމީ ދަތުރުފުޅެއްގައި ރައީސް ސޯލިހް ސިންގަޕޫރަށް
ނުރަސްމީ ދަތުރުފުޅެއްގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ސިންގަޕޫރަށް ފުރާވަޑައިގަންނަވަން ހަމަޖެހިއްޖެ އެވެ.

ރައީސް އޮފީހުގެ ތަރުޖަމާން މިއުވާން މުހައްމަދު ވިދާޅުވިގޮތުން އެ ދަތުރުފުޅުގައި ރައީސް ސޯލިހް ފުރާވަޑައިގަންނަވާނީ މިއަދުގެ ވަގުތެއްގައެވެ. އެކަމަކު އެއީ ކިހާ އިރަކު ކަމެއް އަދި ދަތުރުފުޅުގެ ތަފްސީލެއް ނުދެއްވަ އެވެ.

ނުރަސްމީ ދަތުރުފުޅުތަކުގައި އާންމުކޮށް ރައީސް ސޯލިހް ސިންގަޕޫރަށް ވަޑައިގަންނަވާއިރު، އަރިހުގައި އަނބިކަނބަލުން ފަޒްނާ އަހްމަދު ވެސް ވަޑައިގަންނަވަ އެވެ. ނަމަވެސް މިފަހަރުގެ ދަތުުރުގައި އެކަމަނާ ބައިވެރިވެވަޑައިގަންނަވާކަމެއް ނުވަތަ ނޫކަމެއް ވެސް ހާމައެއް ނުކުރައްވަ އެވެ. 

ނުރަސްމީ ދަތުރުފުޅެއްގައި ރައީސް ސޯލިހް އެންމެފަހުންވެސް ދަތުރުފުޅެއް ކުރެއްވީ ސިންގަޕޫރަށެެވެ. އެއީ މިދިޔަ އަހަރުގެ އޮކްޓޫބަރު މަސްތެރެ އެވެ. އޭގެކުރީން ހަމަ އެ އަހަރުގެ ފެބްރުއަރީ މަސްތެރޭ ސިންގަޕޫރަށް ވަޑައިގެން ތައިރޮއިޑް އޮޕަރޭޝަނެއް ވެސް ކުރެއްވި އެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް