ads
ހެންވޭރު އުތުރު ދާއިރާގެ މެންބަރު އިބްރާހީމް މުއިއްޒު
ހަރަދު ބޮޑުވާތީ ހުށަހެޅި ގަރާރަށް ވޯޓަށް ނާހައި މަޖިލިސް ނިންމާލައިފި
ދައުލަތުގެ އޮފީސްތަކާއި އިދާރާތައް ހިންގުމަށާއި ގުދަންކުރުމުގެ ބޭނުމަށް އަމިއްލަ ފަރާތްތަކުގެ އިމާރާތްތައް ދައުލަތުން ކުއްޔަށް ހިފުމަށް ގިނަ އަދަދެއްގެ ފައިސާ ހޭދަކުރަންޖެހިފައިވާތީ، މިކަމަށް އަވަސް ހައްލެއް ހޯދުމަށްއެދި ހެންވޭރު އުތުރު ދާއިރާގެ މެންބަރު އިބްރާހީމް މުއިއްޒު ހުށަހަޅުއްވާފައިވާ ގަރާރު ރައްޔިތުންގެ މަޖިލީހުން މިއަދު ވޯޓަށް އަހާނެކަމަށް މަޖިލީހުގެ ރައީސް އިއުލާނުކުރައްވާފައިވަނިކޮށް މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުﷲ މަޖިލިސް ނިންމަވާލައްވައިފިއެވެ.

ރައްޔިތުންގެ މަޖިލީހުގައި މިއަދު އެންމެ ފުރަތަމަ ބަހުސްކުރެވުނީ މި ގަރާރުގެ ބާކީއޮތް 30 މިނެޓަށެވެ. އަދި މަޖިލީހުގެ ތިން ވަނަ އެޖެންޑާއަށް ވަޑައިގަތުމުގެ ކުރިން މަޖިލީހުގެ ރިޔާސަތުގައި އިންނަވައި ރައީސް ނަޝީދު ވިދާޅުވީ "އިރާދަ ކުރެއްވިއްޔާ މިއަދު މިއަދު ގަރާރަށް ވޯޓަށް އަހާނެ" ކަމަށެވެ. 

ނަމަވެސް މަޖިލިސް ބްރޭކަށްފަހު މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުﷲ މަޖިލިސް ނިންމަވާލެއްވިއިރު މި ގަރާރަށް ވޯޓަކަށް ނާއްސަވައެވެ. 

your imageމަޖިލިސް ރައީސް ނަޝީދު އަދި ނާއިބު ރައީސް އީވާ

މުއިއްޒުގެ ގަރާރުގައި ވިދާޅުވެފައިވަނީ، ދައުލަތުގެ އޮފީސްތައް އަމިއްލަ މީހުންގެ އިމާރާތްތަކުގައި ހިންގުމަށް މަހަކު 8.5 މިލިއަން ރުފިޔާ ހަރަދުކުރާކަމަށެވެ. އަދި އެއީ އަހަރެއްގެ މައްޗަށް 102 މިލިއަން ރުފިޔާކަމަށެވެ. 

"މި ނުރަނގަޅު އާދަ ދެމިގެން ދާގޮތައް އޮތުމަކީ ދައުލަތުގެ ފައިސާ މެނޭޖުކުރުމުގައި އިސްރާފު ބޮޑު ކޮރޮޕްޝަނަށް މަގުފަހިވާކަމަށް ވާނެ،" މުއިއްޒުގެ ގަރާރުގައި ވިދާޅުވެފައިވެއެވެ.

އެ ގަރާރުގައި އިތުރަށް ވިދާޅުވެފައިވަނީ، ދިގުމުއްދަށް މުއްދަތެއް ނެތްގޮތައް ކުއްޔަށް ހިފައިގެން ދައުލަތުން ކުރާ ހޭދަ ހުއްޓާލެވިއްޖެނަމަ ތަރައްގީގެ އެހެން މަޝްރޫއަކަށް އެ ފައިސާ ހަރަދުކުރެވިދާނެކަމަށެވެ. 

މި ގަރާރަކީ 2022 ވަނަ ދައުރުގެ ތިން ވަނަ ދައުރުގައި މަޖިލީހަށް ހުށަހެޅި ގަރާރެކެވެ. މި ގަރާރަށް ހަތަރު ގަޑީރަށްވުރެ ގިނައިރު، ހަތް ޖަލްސާއެއްގައި ބަހުސްކުރެވިފައިވެއެވެ.  

ރައްޔިތުންގެ މަޖިލީހަށް މި ގަރާރު ބަލައިގަތުމަށް ވެސް އިދިކޮޅު ކޯލިޝަނުގެ ބައެއް މެންބަރުން ވޯޓުދެއްވިއެވެ. އަދި މި ގަރާރު ބަލައިގަތުމުން ގަރާރަކީ "ސަރުކާރަށް ޖެއްސުމަށް" ހުށަހަޅާފައިވާ ގަރާރެއްކަމަށް ރައީސް ސާލިހުގެ ފެކްޝަނަށް ނިސްބަތްވާ ބައެއް މެންބަރުން ވިދާޅުވިއެވެ. 

ގަރާރު ހުށަހެޅި ފަހުން މުއިއްޒު ވަނީ ކޮޅު ބަދަލުކުރައްވާފަ:

ދާދިފަހުން ނިމުނު އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި މެންބަރު މުއިއްޒު ތާއީދު ކުރެއްވީ ރައީސް މުހައްމަދު ނަޝީދަށެވެ. ނަމަވެސް، އެ އިންތިހާބަށްފަހު 2023 ވަނަ އަހަރު ރިޔާސީ އިންތިހާބުގައި ރައީސް ސާލިހަށް ތާއީދު ކުރައްވާނެކަން މުއިއްޒު ވަނީ އިއުލާނުކުރައްވާފައެވެ. 

މި ގަރާރު އަނބުރާ ގެންދިއުމަށް ވެސް ސަރުކާރުގެ ފަރާތުން މުއިއްޒުއަށް ޕްރެޝަރު ކުރިމަތިވިކަމަށް ރައީސް ނަޝީދުގެ ފެކްޝަނުގެ ބައެއް މެންބަރުން ތުހުމަތު ކުރައްވައެވެ. ނަމަވެސް އެއިން އެއްވެސް ތުހުމަތަކަށް ސަރުކާރުން ވެސް މުއިއްޒުވެސް އަދި އެއްވެސް އެއްޗެއް ވިދާޅެއް ނުވެއެވެ.  

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް