ads
އިދިކޮޅުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުން——
"ތިޔަހެން ނުވިއްކޭނެ" ނަމުގައި އިިދިިކޮޅުން ހިނގާލުމެއް ބާއްވަނީ
"ތިޔަހެން ނުވިއްކޭނެ" ނަމުގައި ޕީޕީއެމް/ޕީއެންސީ ކޯލިޝަނުން ހިނގާލުމެއް ބާއްވަން ނިންމައިފި އެވެ.

މިއަދު އެ ކޯލިޝަންގެ ފަރާތުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ހާމަކުރިގޮތުން މި ހިނގާލުން ބާއްވަން ނިންމާފައިވަނީ އަންނަ ހުކުރު ދުވަހު ހަވީރު އެވެ.

މިއަދުގެ ނޫސްވެރިންގެ ބައްދަލުވުން ލީޑުކުރެއްވި ނައިފަރު ދާއިރާގެ މެމްބަރު އަހްމަދު ޝިޔާމް ވިދާޅުވީ، މިއަދު ދިވެހީންގެ އޮތް އެންމެ ބޮޑު ކަންބޮޑުވުމަކީ ސިޔާސީ ބޭނުމަށް ސަރުކާރުން ރާއްޖޭގެ ބިންތައް ވިއްކުމަށް ނިންމާފައިވާ ނިންމުމާއިމެދު ކަމަށެވެ. 

ތިލަފުށީން ބޭރުގެ ފަރާތްތަކަށް ބިން ވިއްކުމަށް ނިންމާފައިވާ ނިންމުން ފާހަގަކުރައްވާ ޝިޔާމް ވިދާޅުވީ، އެފަދަ ބިންތައް ހިއްކަނީ ދައުލަތުން ވަރަށް ބޮޑު ހޭދައެއްކޮށްގެން، އަދި ރައްޔިތުންގެ ޓެކްސް ފައިސާއިން ކަމަށެވެ.

ބިލިއަނުން ހަރަދުކޮށްފައިވާ ތިލަފުށީ ބޭރުމީހުންނަށް ދޫކޮށްލުމަށް ނިންމަމުން ދަނީ ކުރިއަށް އޮތް ރިޔާސީ އިންތިހާބަށް ފައިސާ ހޯދުމަށް ކަމަށް ޝިޔާމް ތުހުމަތުކުރެއްވި އެވެ. 

އަދި މި ބިންތައް ވިއްކުމަށް ނިންމާފައިވަނީ އިންޑިއާގެ ކުންފުނިތަކަށް ކަން އެގިފައިވާ ކަމަށްވެސް ވިދާޅުވި އެވެ. އެހެންވެ، އެކަމާއި އަޑުއުފުލުމަށާއި، އެކަން ހުއްޓުވުމަށް އަންނަ ހުކުރު ދުވަހު ބާއްވާ ހިނގާލުމުގައި އިހުތިޖާޖު ކުރާނެ ކަމަށް ވެސް ޝިޔާމް ވިދާޅުވި އެވެ. 

ރާއްޖޭގެ ސިނާއީ މަސައްކަތްތަކަށް ހުރި ދަތިތައް ހައްލުކުރުމަށާއި، ބިމުގެ ދަތިކަމާއި، ކުލި ބޮޑުވެ ބިމުގެ އަގު އުފުލުމަށް ހައްލެއް ހޯދައިދިނުމަށް ޖުމްލަ 150 ހެކްޓަރުގެ ބިން ތިލަފުށިން ހިއްކުމަށް ވަނީ ހަމަޖެހިފަ އެވެ. މިމަޝްރޫއުގެ ތެރެއިން 50 ބިމެއް ބީލަމުގެ އުސޫލުން ވިއްކުމަށް މިހާރު އޮތީ ހުޅުވާލާފަ އެވެ.

މި ބިންތަށް ބޭރުގެ ފަރާތްތަކާއި ކުންފުނިތަކަށް 99 އަހަަރަށް ކުއްޔަށް ދެވޭގޮތަށް އޮތް އުސޫލާއި ގުޅިގެން ބޮޑެތި ކަންބޮޑުވުންތަކެއް ވަނީ އުފެދިފަ އެވެ. އެކަމާއި ގުޅިގެން އެޗްޑީސީން ބުނެފައިވަނީ، އަލަށް ހިއްކާ ބިމުގެ 90 އިންސައްތަ ހާއްސަކުރާނީ ދިވެހި ވިޔަފާރިތަކަށް ކަމަށާއި ބޭރުގެ ފަރާތްތަކަށް ހުޅުވާލެވިފައިވަނީ މަދު ބިންތަކަކަށް ބީލަން ހުށަހެޅުމުގެ ފުރުސަތު ކަމަށެވެ. 

މި މައްސަލާގައި ކަންބޮޑުވުންތަކާއިއެކު މަސީގެ ހިންގާ ކޮމިޓީގެ މެންބަރުންގެ އިތުރުން ދިވެހި ވިޔަފާރިވެރިން ވަނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް އާއި ވެސް ބައްދަލުކޮށްފަ އެވެ. ދިވެހި ވިޔަފާރިތަކަށް ގެއްލުން ނުވާނެހެން އެ އުސޫލު އިސްލާހުކޮށްދެއްވާނެކަމުގެ ޔަގީންކަން ރައީސް ސޯލިހު ވަނީ އެ ބައްދަލުވުމުގައި އަރުވާފަ އެވެ.

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް