މި ބިންހެލުން އައިސްފައިވަނީ ތުރުކީގެ ދެކުނުގެ ހަތޭ ޕްރޮވިންސަށެވެ. ބިންހެލުމުގެ ބާރު މިނަކީ 6.4 މެގްނެޓިއުޑެވެ.
ތުރުކީގެ ކަމާބެހޭ އިދާރާތަކުން ބުނާގޮތުން މި ބިންހެލުމަކީ މިމަހު 6 ވަނަ ދުވަހު އައި ބިންހެލުމުގެ އާފްޓާޝޮކް އެކެވެ. މިރޭ ބިންހެލުން އައީ ބިމުގެ ދެ ކިލޯމީޓަރު އަޑިންނެވެ.
މި ބިންހެލުމުގައި އެއްވެސް ބަޔަކަށް ގެއްލުންވިތޯ ބެލުމުގެ މަސައްކަތް ތުރުކީގެ ކަމާބެހޭ އިދާރާތަކުން އަންނަނީ ކުރަމުންނެވެ.
ތުރުކީއަށް އަނެއްކާވެސް ބިންހެލުމެއް އައިސްފައިވާއިރު މިމަހު 6 ވަނަ ދުވަހު އައި 7.8 އަދި 7.6 ގެ ބިންހެލުމުގައި މަރުވި މީހުންގެ އަދަދު ވަނީ 47،000 އަށް އަރާފައެވެ. މިލިއަނަކަށްވުރެ ގިނަ މީހުންގެ ގެދޮރު ވަނީ ނެތިގޮސްފައެވެ.