ads
މިރޭ އޮތް އަދާލަތު ޕާޓީގެ މަޝްވަރާމަޖިލީހުގެ ތެރެއިން: ފޮޓޯ އަދާލަތުު
ރައީސް ސޯލިހްއަށް ތާއީދު ދިނުމުގެ ކުރިން މަޝްވަރާ ކުރުމަށް އަދާލަތުން ނިންމައިފި
މިއަހަރު އޮންނަ ރިޔާސީ އިންތިހާބުގައި، އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސް އިބްރާހިމް މުހައްމަދު ސޯލިހްއަށް ތާއީދު ދިނުމުގެ ކުރިން އެމްޑީޕީއާއި މަޝްވަރާކުރުމަށް އަދާލަތު ޕާޓީން ނިންމައިފި އެވެ.

އަދާލަތު ޕާޓީން މިގޮތަށް ނިންމީ މިރޭ ބޭއްވި އެޕާޓީގެ މަޝްވަރާ މަޖިލީހުގެ ބައްދަލުވުމުގައެވެ. 

މިހާރު ސަރުކާރު ހިންގާ ކޯލިޝަންގެ ޕާޓީތަކަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް އިއްޔެވަނީ ކޯލިޝަން ހެދުމާއި ގުޅޭގޮތުން ސިޓީފުޅެއް ފޮނުއްވާފައެވެ. އެގޮތުން ސަރުކާރު ކޯލިޝަންގައި ހިމެނޭ ޖުމްހޫރީ ޕާޓީއާއި އަދާލަތު ޕާޓީ އަދި މޯލްޑިވްސް ރިފޯމް މޫމްމަންޓަށް ރައީސް އިއްޔެ ސިޓީފުޅު ފޮނުއްވިއެވެ.

ނަމަމަވެސް އަދާލަތު ޕާޓީ ފިޔަވައި އެހެން ޕާޓީއަކުން އަދި ރައީސްގެ ސިޓީފުޅާއި ގުޅޭގޮތުން ރަސްމީ ނިންމުމެއް ނިންމިކަން ހާމަކޮށްފައެއް ނުވެއެވެ.

އަދާލަތު ޕާޓީން މިރޭ ބުނީ ކުރިއަށް އޮތް ރިޔާސީ ދައުރުގައި އަދާލަތު ޕާޓީއާއި ގުޅިގެން ސަރުކާރެއް އުފެއްދުމަށްޓަކައި މިއަހަރު ރިޔާސީ އިންތިހާބުގައި ރައީސް ސޯލިހަށް ތާއީދުކުރުމަށް، އެމަނިކުފާނު އެދިވަޑައިގަންނަވާފައިވާ ކަމަށެވެ.

"މިހިނގާ ރިޔާސީ ދައުރުގައި، ވޭތުވެދިޔަ ދައުރުތަކާއި އަޅާބަލާއިރު ސަރުކާރުގައި ކުރެވުނު ފަހި ތަޖުރިބާއަށް ރިއާއަތްކޮށް، އެމްޑީޕީގެ ރިޔާސީ ކެންޑެިޑޭޓަށް އަދާލަތު ޕާޓީން ތާއީދު ދިނުމުގެ ކުރިން އެޕާޓީއާއިއެކު މަޝްވަރާކުރުމަށް އަދާލަތު ޕާޓީގެ މަޝްވަރާ މަޖިލީހުގެ މިރޭ ބޭއްވުނު ކުއްލި ބައްދަލުވުމުން ވަނީ ނިންމާފައެވެ."

your imageމިރޭ އޮތް އަދާލަތު ޕާޓީގެ މަޝްވަރާމަޖިލީހުގެ ތެރެއިން: ފޮޓޯ އަދާލަތުު

ކޯލިޝަން ޕާޓީތަކަށް ރައީސް ސޯލިހްގެ ސިޓީފުޅެއް ފޮނުއްވުމުގެ ކުރިން، ސަރުކާރު ކޯލިޝަންގެ ދެވަނަ އަށް އެންމެ ބޮޑު ޕާޓީ، ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމްއާއި ރައީސް ސޯލިހްގެ ފަރާތްޕުޅުން މަންދޫބުން ވަނީ މި ހަފްތާހައި މަޝްވަރާވެސް ކުރައްވާފައެވެ. ނަމަވެސް އެ މަޝްވަރާތަކާއި ގުޅޭ ތަފްސީލެއް ނުލިބެއެވެ.

40%
ކަމުގޮސްފި
20%
އަޑުއެހިތާ މިހުރީ
20%
ސަތޭކައަކުން ސުމެއް
20%
ވަރަށް ސަލާމް
ކޮމެންޓްސް