ads
ސޯނޫ ނިގަމް
ސޯނޫ ނިގަމް އަށް ހަމަލާ ދީފި
ހޯމަ ދުވަހުގެ ރޭ މުމްބާއީގެ ޗެމްބުރުގައި ބޭއްވި މިއުޒިކް އިވެންޓެއްގައި ލަވަކިޔުންތެރިޔާ ސޯނޫ ނިގަމް އާއި އޭނާގެ ޓީމަށް ހަމަލާ ދީފިއެވެ.
Advertisement

އެ ހާދިސާ ހިނގިތާ މާގިނައިރުތަކެއް ނުވެ ސޯނޫ ނިގިމް އާއި އޭނާގެ ޓީމުން ވަނީ އެކަމާ ގުޅޭ ގޮތުން ޗެމްބޫރު ޕޮލިސް ސްޓޭޝަނަށް ޝަކުވާ ހުށަހަޅާފަ އެވެ.

ފުލުހުން ބުނީ އެ ހާދިސާ ހިނގީ ސިޔާސީ މީހެއްގެ ދަރިއަކާއިއެކު ސޯނޫ ނިގަމް ސެލްފީއެއް ނަގަން ދެކޮޅު ހެދުމުންކަމަށެވެ. ލަވަކިޔުންތެރިޔާގެ ޓީމުން ސިޔާސީ މީހާގެ ދަރިފިޅު އެއްފަރާތަކަށް ޖައްސާލުމުން ސިޔާސީ މީހާގެ ސަޕޯޓަރުންނާއި ނިގަމްގެ ޓީމާ ދެމެދު ކުރިމަތިލުންތަކެއް ހިނގިކަމަށް ފުލުހުން ބުނެއެވެ. 

ނޫސް ވެރިންނާ ވާހަކަ ދައްކަމުން ސޯނޫ ނިގަމް ބުނީ ޗެމްބުރުގެ މެމްބަރު ޕްރަކާޝް ފަތަރްޕެކާރުގެ ދަރިފުޅު ސްވަޕްނިލް ޕްރަކާޝް ފަތަރްޕެކާރު ސްޓޭޖުން ފައިބަމުން ދިޔައިރު އޭނާ ‘ހިފަހައްޓަން’ މަސައްކަތް ކުރި ކަމަށެވެ. އަދި ލަވަކިޔުންތެރިއާގެ ބޮޑީގާޑުން އޭނާގެ ސަލާމަތަށް ކައިރިވާން އުޅެން ފަތަރްފެކާރު ގެ ބޮޑީގާޑުން ސޯނޫ ނިގަމްްއާއި އޭނާގެ ބޮޑީގާޑުން ‘ކޮއްޕާލާ’ ދުރައްލީކަމަށެވެ. އަދި އެ ހަމަނުޖެހުންތަކުގެ ތެރޭގައި ބައެއް މީހުންނަށް ކުދިކުދި އަނިޔާވިކަމަށެވެ. 

 

75%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
25%
ވަރަށް ސަލާމް
ކޮމެންޓްސް