ފޮރިން މިނިސްޓްރީން ބުނީ ރާއްޖެ އާއި އިނގިރޭސިވިލާތާ ދެމެދު ބޭއްވުނު ފުރަތަމަ ސްޓްރެޓެޖިކް ޑައިލޮގްގައި ދެ ގައުމުގެ ދެމެދު އެކި ދާއިރާތަކުން ގުޅުން ބަދަހި ކުރުމާ ގުޅޭގޮތުން މަޝްވަރާކުރެވިފައިވާ ކަމަށެވެ. އެގޮތުން ފަތުރުވެރިކަމާއި މަސްވެރިކަމުގެ ސިނާއަތު ކުރިއެރުވުމަށް ދެ ގައުމު ގުޅިގެން މަސައްކަތް ކުރުމަށް އެއްބަސްވެފައިވެއެވެ.
ދެ ގައުމުގެ ދެމެދުގައި ބޭއްވި މި މަޝްވަރާތަކަށް ފަހު، ކަނޑުގެ ސަލާމަތާ ގުޅޭގޮތުން މޯލްޑިވްސް-ޔޫކޭ ވޯކިން ގްރޫޕަކާއި ވިޔަފާރި އާ ބެހޭ ވޯކިން ގްރޫޕެއް އުފެއްދުމަށް އެއްބަސްވެފައިވެއެވެ. އޭގެ އިތުރުން އިނގިރޭސިވިލާތުގެ ބްލޫ ޕްލެނެޓް ފަންޑުގެ ދަށުން އޯޝަން ކަންޓްރީ ޕާޓްނަޝިޕް ޕްރޮގްރާމް ރަސްމީކޮށް ކުރިއަށް ގެންދިއުމަށް ދެ ގައުމުގެ ދެމެދު ވަނީ އެއްބަސްވުމެއްގައި ސޮއިކޮށްފައެވެ.
ރާއްޖެ އާއި އިނގިރޭސިވިލާތާ ދެމެދު ބޭއްވުނު ފުރަތަމަ ސްޓްރެޓެޖިކް ޑައިލޮގް - ފޮޓޯ:ފޮރިން މިނިސްޓްރީ
ރާއްޖެ އާއި އިނގިރޭސިވިލާތުން ބޭއްވި މި ބައްދަލުވުމުގައި މަޝްވަރާކުރެވުނު ބައެއް މުހިންމު ކަންކަމަކީ،
ދިވެހި ސަރުކާރުގެ ފަރާތުން ސްޓްރެޓެޖިކް ޑައިލޮގްގައި އެންމެ އިސްކޮށް ހުންނެވީ ފޮރިން މިނިސްޓްރީގެ ސެކްރެޓަރީ ބައިލެޓެރަލް ޑރ. ހާލާ ހަމީދެވެ. އިނގިރޭސިވިލާތުގެ ފަރާތުން މަޝްވަރާތަކުގައި އެންމެ އިސްކޮށް ބައިވެރިވެވަޑައިގަތީ އެގައުމުގެ ފޮރިން، ކޮމަންވެލްތް އެންޑް ޑިވެލޮޕްމަންޓް އޮފީހުން އިންޑިއާ އަދި އިންޑިއާ ކަނޑުގެ ސަރަހައްދަށް ކަނޑައަޅުއްވާފައި ހުންނަވާ ޑިރެކްޓަރު ބެން މެލާއެވެ.