ads
އެމްއެމްއޭ މައި އޮފީސް
ކްރެޑިޓް ކާޑާއި އަމިއްލަ ލޯނުތަކުގެ ދަރަނި 7.7 ބިލިއަން ރުފިޔާއަށް
ރާއްޖޭގެ ބޭންކުތަކުން ދޫކޮށްފައިވާ ކްރެޑިޓް ކާޑާއި އަމިއްލަ ލޯނުތަކުގެ ދަރަނި 7.7 ބިލިއަން ރުފިޔާއަށް އަރައިފިއެވެ.
Advertisement

މިއީ މިދިޔަ އަހަރުގެ މެއި މަހާ އަޅާބަލާއިރު 20 ޕަސަންޓު އިތުރު އަދަދެކެވެ. 

މިދިޔަ ފަސް އަހަރުގެ ތެރޭގައި ކްރެޑިޓް ކާޑާއި އަމިއްލަ ލޯނުތަކުގެ އަދަދު ރެކޯޑު މިންވަރަކަށް އިތުރުވެފައިވެއެވެ. 2021 ވަނަ އަހަރު މި އަދަދު ހުރީ 3.6 ބިލިއަން ރުފިޔާގައެވެ. މިއާ އަޅާބަލާއިރު މިހާރު ވަނީ 120 ޕަސަންޓު އިތުރުވެފައެވެ. އެއް އަހަރުން އަނެއް އަހަރަށް އާންމުން ބޭންކުތަކުން ދަރަނި ނަގާ މިންވަރު އިތުރުވަމުން އަންނަކަން އެމްއެމްއޭގެ ތަފާސްހިސާބުތަކުން ހާމަވެއެވެ.

މި އަހަރުގެ މިހާތަނަށް ބޭންކުތަކުން އެކި ދާއިރާތަކަށް ދޫކޮށްފައިވާ ދަރަނީގެ ޖުމުލަ އަދަދު 34.5 ބިލިއަން ރުފިޔާއަށް އަރައެވެ. މީގެ ތެރެއިން އެންމެ ބޮޑު ހިއްސާއެއް ކުރަނީ ޓޫރިޒަމް ދާއިރާއަށް ދޫކޮށްފައިވާ 12 ބިލިއަން ރުފިޔާގެ ލޯނުތަކެވެ. ދެވަނައަށް އެންމެ ބޮޑު އަދަދެއް ހިއްސާކުރަނީ ކްރެޑިޓް ކާޑާއި އަމިއްލަ ލޯނުތަކެވެ. ރާއްޖޭގެ އެންމެ ބޮޑު ބޭންކް ބީއެމްއެލްއިން ދޫކުރާ ފެސިލިޓީތަކަކީ މި ދަރަނީގެ އެންމެ ބޮޑު ބައެއް ހިއްސާކުރާ ފަރާތެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް