ads
ކިޑްސް ފިއެސްޓާގެ ތެރެއިން
ރާއްޖޭގެ އެންމެ ބޮޑު ފުޓްބޯޅަ ފެސްޓިވަލް މާދަމާ ފަށަނީ
ތުއްތު ކުދިންނަށް ޓާގެޓްކޮށް، ރާއްޖޭގައި މިހާތަނަށް ބާއްވާ އެންމެ ބޮޑު ފުޓްބޯޅަ ހަރަކާތް "ނެސްލޭ ކިޑްސް ފުޓްބޯލް ފިއެސްޓާ" މާދަމާ ފެށުމަށް ތައްޔާރުވެއްޖެއެވެ.

"ނެސްލޭ ކިޑްސް ފުޓްބޯލް ފިއެސްޓާ" އަކީ ކުރީގެ މަޝްހޫރު ކުޅުންތެރިޔާ އަލީ ޝަމީމް އަދި އަހްމަދު ނިޔާޒް އިސްކޮށް ތިބޭ މޯލްޑިވްސް ސޮކާ ވެޓަރަންސްއިން ބާއްވާ ފުޓްބޯޅަ ފެސްޓިވަލެވެ. މި ފެސްޓިވަލް ހާއްސަކޮށްފައިވަނީ ގްރޭޑް އެކެއް އަދި ގްރޭޑް ދޭއްގެ އުމުރުފުރާގެ ކުދިންނަށެވެ. 

ފެސްޓިވަލް އޮންނާނީ މާދަމާއިން ފެށިގެން އަންނަ ހޮނިހިރު ދުވަހުގެ ނިޔަލަށެވެ.

މި ފަހަރުގެ ފެސްޓިވަލްގައި 20 ސްކޫލަކުން 40 ޓީމު ވާދަ ކުރެ އެވެ. އެއީ ޖުމުލަ 720 ކުދިންނެވެ. މުބާރާތުގައި 296 މެޗު ކުޅުމަށް ވަނީ ހަމަޖެހިފަ އެވެ. ކޮންމެ ގްރޭޑެއްގެ ދެމެދުގައި ޓީމުތައް ބަހާލާފައި ވަނީ ފަސް ގުރޫޕަކަށެވެ. ކޮންމެ ގުރޫޕެއްގައި ހިމެނޭނީ ހަތަރު ޓީމެވެ.

މުބާރާތް ކުރިއަށް ދާނީ ހެންވޭރު ދަނޑުގަ އެވެ.

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް