ads
މީގެ ކުރިން ބޭއްވި އަހަރީ އާންމު ޖަލްސާއެއް: މި އަހަރުގެ އަހަރީ އާންމު ޖަލްސާ އޮންނާނީ އަންނަ މަހުގެ އަށްވަނަ ދުވަހުގެ ރޭ - ފޮޓޯ:އުރީދޫ މޯލްޑިވްސް
އުރީދޫގެ މި އަހަރުގެ އަހަރީ އާންމު ޖަލްސާ އަންނަ މަހުގެ 8 ގައި
އުރީދޫ މޯލްޑިވްސްގެ މި އަހަރުގެ އަހަރީ އާންމު ޖަލްސާ އަންނަ މަހުގެ އަށް ވަނަ ދުވަހުގެ ރޭގަނޑު 08:30 ގައި ބޭއްވުމަށް ނިންމައިފިއެވެ.

އުރީދޫން ބުނީ މި އަހަރުގެ އަހަރީ އާންމު ޖަލްސާގައި ބައިވެރިވާން ރަޖިސްޓަ ވާ ފަރާތްތަކަށް އޮންލައިންކޮށް ނުވަތަ ޖަލްސާ ބާއްވާ ތަން ކަމުގައިވާ، ކްރޮސްރޯޑްސް މޯލްޑިވްސްގެ އިވެންޓް ހޯލަށް ހާޒިރުވެގެން ޖަލްސާގައި ބައިވެރިވެވޭނެ ކަމަށެވެ.

ކްރޮސްރޯޑްސް މޯލްޑިވްސްގެ އިވެންޓް ހޯލަށް ހާޒިރުވެ ޖަލްސާގައި ބައިވެރިވުމުގެ ފުރުސަތު ލިބޭނީ 120 ހިއްސާދާރުންނަށް ކަމަށް އުރީދޫން ބުނެއެވެ. އޭގެ އިތުރުން އޮންލައިންކޮށް ބައިވެރިވާން ބޭނުންވާ ފަރާތްތަކަށް "ފަހިވޯޓު" މެދުވެރިކޮށް ޖަލްސާގައި ބައިވެރިވުމުގެ އިންތިޒާމުތައް ހަމަޖައްސައިދެވޭނެ ކަމަށް އެ ކުންފުނިން ބުނެއެވެ. އުރީދޫން ބުނެފައިވަނީ ކްރޮސްރޯޑްސް މޯލްޑިވްސްއަށް ހާޒިރުވެ ޖަލްސާގައި ބައިވެރިވާ ފަރާތްތަކާއި، އޮންލައިންކޮށް ބައިވެރިވާ ފަރާތްތަކަށް، އެ މައުލޫމާތު މާޗް ހަތެއް ވާ އަންގާރަ ދުވަހުގެ ހަވީރު 6:00 ގެ ކުރިން، އަންގާނެ ކަމަށެވެ.

ޖަލްސާ ބާއްވާ ތަނަށް ހާޒިރުވެ ޖަލްސާގައި ބައިވެރިވާ ފަރާތްތައް: ޖަލްސާ ބާއްވާ ތަނަށް ހާޒިރުވެ ޖަލްސާގައި ބައިވެރިވުމަށް ރަޖިސްޓަ ކޮށްފައިވާ ފަރާތްތަކަށް ޖަލްސާގައި ބައިވެރިވެވޭނީ ކްރޮސްރޯޑްސް މޯލްޑިވްސްގެ އިވެންޓް ހޯލުން
އޮންލައިންކޮށް ބައިވެރިވާ ފަރާތްތައް: ޖަލްސާގައި އޮންލައިންކޮށް ބައިވެރިވެވޭނީ މޯލްޑިވްސް ސެކިއުރިޓީސް ޑިޕޮސިޓަރީ ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑް (އެމްއެސްޑީ) ގެ އޮންލައިން ޖެނެރަލް މީޓިން މެނޭޖްމަންޓް ސިސްޓަމް ކަމުގައިވާ "ފަހިވޯޓު" މެދުވެރިކޮށް

މި އަހަރުގެ އަހަރީ އާންމު ޖަލްސާގައި ބައިވެރިވެވޭނީ މާޗް ހަވަނަ ދުވަހުގެ ރޭގަނޑު 8:30 އާ ހަމައަށް ޖަލްސާގައި ބައިވެރިވުމަށް އެދި ރަޖިސްޓަ ކުރާ ފަރާތްތަކަށް އެކަނި ކަމުގައި އުރީދޫން ބުނެއެވެ.

your imageމީގެ ކުރިން ބޭއްވި އަހަރީ އާންމު ޖަލްސާއެއް: ޖަލްސާގައި ބައިވެރިވެވޭނީ މާޗް ހަވަނަ ދުވަހުގެ ރޭގަނޑު 8:30 އާ ހަމައަށް ޖަލްސާގައި ބައިވެރިވުމަށް އެދި ރަޖިސްޓަ ކުރާ ފަރާތްތަކަށް އެކަނި - ފޮޓޯ:އުރީދޫ މޯލްޑިވްސް

ޖަލްސާގެ އެޖެންޑާގެ ގޮތުގައި ހިމެނިފައިވަނީ:

  • އެޖެންޑާ އައިޓަމް 1 - ކީރިތި ޤުރުއާން
  • އެޖެންޑާ އައިޓަމް 2 - ޗެއަޕާސަން، މިސް ފާތިމާ ސުލްތާން އަލް-ކުވާރީގެ ވާހަކަފުޅު ދެއްކެވުން
  • އެޖެންޑާ އައިޓަމް 3  - ހަތެއް މާޗް 2022 ވީ ހޯމަ ދުވަހު ބާއްވާފައިވާ އަހަރީ އާންމު ޖަލްސާގެ ޔައުމިއްޔާ ފާސްކުރުން
  • އެޖެންޑާ އައިޓަމް 4  - މެނޭޖިން ޑިރެކްޓަރު އަދި ޗީފް އެގްޒެކެޓިވް އޮފިސަރު، މިސްޓަ ހާލިދު ހަސަން އެމް އޭ އަލް-ހަމާދީ ގެ ވާހަކަފުޅު ދެއްކެވުން
  • އެޖެންޑާ އައިޓަމް 5 - 2022 ވަނަ އަހަރުގެ އޮޑިޓްކޮށްފައިވާ މާލީ ހިސާބުތަކާއި އޮޑިޓަރުންގެ ރިޕޯޓު ފާސްކުރުން
  • އެޖެންޑާ އައިޓަމް 6 - 2022 ވަނަ އަހަރުގެ ކުންފުނީގެ ޑިރެކްޓަރުންގެ ރިޕޯޓު ފާސްކުރުން
  • އެޖެންޑާ އައިޓަމް 7 - 2023 ވަނަ އަހަރަށް އޮޑިޓަރުން އައްޔަންކޮށް، އޮޑިޓަރުންގެ އުޖޫރަ ކަނޑައަޅައި ފާސްކުރުން
  • އެޖެންޑާ އައިޓަމް 8 - 2022 ވަނަ އަހަރުގެ ޑިވިޑެންޑުގެ ގޮތުގައި ބަހާނެ ފައިސާ ކަނޑައަޅައި ފާސްކުރުން
  • އެޖެންޑާ އައިޓަމް 9 - ހިއްސާދާރުންގެ މަޝްވަރާކުރުން
  • އެޖެންޑާ އައިޓަމް 10 - ޖަލްސާ ނިންމުން

އެޖެންޑާ އާ ގުޅޭ އިތުރު ތަފްސީލާއި މައުލޫމާތު އުރީދޫ މޯލްޑިވްސްގެ ވެބްސައިޓު http://www.ooredoo.mv/investors/ އިން ލިބޭނެ ކަމަށް އެ ކުންފުނިން ބުނެއެވެ.

އުރީދޫ މޯލްޑިވްސްގެ ހިއްސާދާރެއްގެ ގޮތުގައި 16 ފެބްރުއަރީ 2023 ވާ ބުރާސްފަތި ދުވަހުގެ މެންދުރު 2:00 ގެ ކުރިން ރަޖިސްޓަވެފައިވާ ފަރާތްތަކަށް މި ޖަލްސާގައި ބައިވެރިވެވޭނެ ކަމަށާއި އަމިއްލައަށް ނުވަތަ ޕްރޮކްސީ މެދުވެރިކޮށް ބައިވެރިވާ ފަރާތްތަކަށް، ކޮންމެ އެޖެންޑާ އައިޓަމަކަށް އެއް ވޯޓު ލިބޭނެ ކަމަށް އުރީދޫން ބުނެއެވެ.

މި އަހަރުގެ އަހަރީ އާންމު ޖަލްސާގައި ބައިވެރިވުމަށް ޝަރުތު ހަމަވާ ހިއްސާދާރުން، ޖަލްސާގައި ބައިވެރިވުމަށް 'ޕްރީ-ރެޖިސްޓްރޭޝަން ފޯމު' އަދި ޕްރޮކްސީއެއް އައްޔަން ކުރާނަމަ 'ޕްރޮކްސީ ފޯމު' ފުރުމަށްފަހު ހުށަހެޅުމަށް އުރީދޫން އެދެއެވެ. އުރީދޫން ބުނި ގޮތުގައި ހުށަހަޅާފައިވާ ޕްރޮކްސީ ބާތިލުކުރަން ބޭނުންނަމަ 'ޕްރޮކްސީ ރީވޮކޭޝަން ފޯމު' ފުރުމަށް ފަހު ހުށަހެޅުން އެދޭ ކަމަށާއި ރަޖިސްޓަ ކުރުމަށް އެމްއެސްޑީގެ އޮންލައިން ސިސްޓަމް 'އިންފިނިޓީ' https://infinity.mv/ މެދުވެރިކޮށް ނުވަތަ ފޯމު ހުށަހަޅައިގެން ރަޖިސްޓަ ކުރެވޭނެ ކަމުގައެވެ. ފޯމުތައް ފުރުމަށްފަހު މާޗް ހައެއް ވާ ހޯމަ ދުވަހުގެ ރޭގަނޑު 8:30 ގެ ކުރިން [email protected] އަށް އީމެއިލް ކުރުމަށް ނުވަތަ އުރީދޫ މޯލްޑިވްސް އޮފީސް، ހަވަނަ ފަންގިފިލާ، ހ. ސަލްލީޓް، ބޮޑުތަކުރުފާނު މަގު، މާލެ، ދިވެހިރާއްޖެއަށް ފޯމު ހުށަހެޅުމަށް އެ ކުންފުނިން ބުނެއެވެ.

އުރީދޫން ބުނީ ރީ-ރެޖިސްޓެރޭޝަން ފޯމު، ޕްރޮކްސީ ފޯމު އަދި ޕްރޮކްސީ ރީވޮކޭޝަން ފޯމު، އުރީދޫގެ ވެބްސައިޓް http://www.ooredoo.mv/investors/ އިން ލިބޭނެ ކަމަށެވެ.

your imageމީގެ ކުރިން ބޭއްވި އަހަރީ އާންމު ޖަލްސާއެއް: ކްރޮސްރޯޑްސް މޯލްޑިވްސްގެ އިވެންޓް ހޯލަށް ހާޒިރުވެ ޖަލްސާގައި ބައިވެރިވުމުގެ ފުރުސަތު ލިބޭނީ 120 ހިއްސާދާރުންނަށް - ފޮޓޯ:އުރީދޫ މޯލްޑިވްސް

ކްރޮސްރޯޑްސް މޯލްޑިވްސްއަށް ހާޒިރުވެ އަހަރީ އާންމު ޖަލްސާގައި ބައިވެރިވާ ހިއްސާދާރުން (ޕްރީ-ރެޖިސްޓަ ކޮށްފައިވާ ފަރާތްތައް ވެސް) ޖަލްސާ ބޭއްވުމަށް ހަމަޖެހިފައިވާ ދުވަހުގެ (އަށެއް މާޗް 2023 ވާ ބުދަ ދުވަހު) ގެ ރޭގަނޑު 7.30 އާއި 8.30 އާ ދެމެދު ކްރޮސްރޯޑްސްގެ އިވެންޓް ހޯލަށް ހާޒިރުވެ ރަޖިސްޓަ ކުރުމަށް އުރީދޫން އެދެއެވެ. އެ ކުންފުނިން ބުނީ ރަޖިސްޓަ ކުރަން ހާޒިރުވާއިރު ދިވެއްސެއް ނަމަ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑު އަދި ބިދޭސީއެއް ނަމަ ޕާސްޕޯޓު ހިފައިގެން އައުމަށް އެދޭ ކަމަށާއި ޖަލްސާ ފެށުމުގެ ކުރިން ރަޖިސްޓަ ނުކުރާ ފަރާތްތަކަށް ޖަލްސާގައި ބައިވެރި ނުވެވޭނެ ކަމަށެވެ.

މާލޭން ކްރޮސްރޯޑްސް މޯލްޑިވްސްއަށް ދަތުރުތައް ހަމަޖެހިފައިވާ ގަޑިތަކަކީ ޖަލްސާ ބޭއްވުމަށް ހަމަޖެހިފައިވާ ދުވަހު (އަށެއް މާޗް 2023 ވާ ބުދަ ދުވަހު) ގެ ރޭގަނޑު 7:15 އަދި 7:30 ކަމަށާއި ދަތުރު ހަމަޖެހިފައިވާ ގަޑިއަށް ހާޒިރުވުމަކީ އެ ކުންފުނިން އެދޭ ވަރަށް ބޮޑު އެދުމެއް ކަމަށް އުރީދޫން ބުނެއެވެ.  އުރީދޫން ބުނެފައިވަނީ ދަތުރުފަތުރުގެ އިންތިޒާމަކީ ކުރީއްސުރެ ހަމަޖައްސާފައިވާ ކަމެއް ކަމުގައިވާތީ، ޝެޑިއުލް ކުރެވިފައިވާ ގަޑިތަކުގެ އިތުރުން އެހެން ދަތުރުތައް ހަމަޖައްސައި ދޭން ދަތިވާނެ ކަމަށެވެ.

އަހަރީ އާންމު ޖަލްސާގައި އޮންލައިންކޮށް ބައިވެރިވާ ހިއްސާދާރުންނާއި ޕްރޮކްސީ ހޯލްޑަރުން ޖަލްސާ ބޭއްވުމަށް ހަމަޖެހިފައިވާ ދުވަހުގެ (އަށެއް މާޗް 2023 ވާ ބުދަ ދުވަހު) ގެ ރޭގަނޑު 8.15 އާއި 8.30 އާ ދެމެދު، ލިބިފައިވާ ލޮގިން މައުލޫމާތު ބޭނުންކޮށް، ފަހިވޯޓު ސިސްޓަމަށް ލޮގިން ކުރުމަށް އުރީދޫން އެދެއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް