ads
ހަށިވިއްކުމުގެ ވިޔަފާރި ވަނީ ގައުމުގައި ފުޅާވެފައި
ހަށިވިއްކި މައްސަލައެއްގައި ގެސްޓްހައުސްއަކުން 4 މީހުން ހައްޔަރުކޮށްފި
މާލޭގައި ހަށިވިއްކި މައްސަލައެއްގައި ގެސްޓްހައުސްއަކުން ހަތަރު މީހުން ހައްޔަރުކޮށްފި އެވެ.

ފުލުހުން މިއަދުބުނީ މި ހަތަރު މީހުން ހައްޔަރުކުރީ މާލޭގައި ރޭ  ހިންގި އޮޕަރޭޝަނެއްގައި ކަމަށެވެ.

ރޭގެ އޮޕަރޭޝަނުގައި ރޯޅި ގެސްޓްހައުސް ބަލައި ފާސްކޮށް ހައްޔަރުކޮށްފައިވަނީ 43 އަހަރުގެ ދިވެހި ފިރިހެނަކާއި 43 އަހަރުގެ ބިދޭސީގެ ފިރިހެނަކާއި 31 އަހަރުގެ ބިދޭސީ އަންހެނެއް އަދި 36 އަހަރުގެ ބިދޭސީ އަންހެނެއް ކަމަށް ފުލުހުން ބުނެއެވެ.

"މި ހަތަރު މީހުންގެ ތެރެއިން ދިވެހި ފިރިހެން މީހާއާއި ބިދޭސީ އަންހެނަކު ހައްޔަރުކޮށްފައިވަނީ ޖިންސީގުޅުން ހިންގަމުން ދަނިކޮށް" ފުލުހުން ބުނެފައި ވެއެވެ.

ފުލުހުން ފުލުހުން ބުނީ މިމައްސަލަ ތަހްގީގު ކުރަމުންދާ ކަމަށެވެ.

ހަށިވިއްކާތަނެއް ފުލުހުން ރޭ ރެއިޑްކުރިއިރު، މާލޭގައި ހިންގާ ސްޕާތަކުގައި ހަށިވިއްކާކަމަށް އަޑުފެތުރިފައި ވަނިކޮށް އިއްޔެ އިކޮނޮމިކް މިނިސްޓްރީން ވަނީ ސްޕާ ހިންގުމަށް ހަރުކަށް ގަވާއިދެއް އެކުލަވާލާ ގެޒެޓްކޮަށްފައެވެ. 

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް