ads
ވިކްޓޯރިއާ ބެކަމް އަދި ކްރިތީ ސެނޮން
ވިކްޓޯރިއާ ބެކަމްގެ ތައުރީފް ކްރިތީ ސެނޮންއަށް
އިނގިރޭސި ވިލާތުގެ ސުޕަ މޮޑެލް އަދި މަޝްހޫރު ފުޓުބޯޅަ ކުޅުންތެރިއާ ޑޭވިޑް ބެކަމްގެ އަންހެނުން ވިކްޓޯރިއާ ބެކަމްއަށް ބޮލީވުޑްގެ ތަރި ކްރިތީ ސެނޮންގެ ސްޓައިލް ކަމުގޮސްފިއެވެ.
Advertisement

ވިކްޓޯރިއާގެ ތައުރީފް ކްރިތީ ސެނޮން އަށް ލިބުނީ ވިކްޓޯރިއާ މީގެ ކުރިން އާންމުކުރި ގްރީން މިންޓް މިޑީ ހެދުމެއް ކްރިތީ ލައިގެން ނަގާފައި ހުރި ފޮޓޯތަކެއް ވިކްޓޯރިއާއަށް ފެނިގެންނެވެ. 

ވިކްޓޯރިއާ ވަނީ އެ ފޮޓޯތައް އޭނާގެ ސޯޝަލް މީޑިއާ އެކައުންޓުތަކުގައި ވެސް ޝެއާކޮށް، އެ ފޮޓޯތައް ވަރަށް ކަމުދާކަމަށާއި ކްރިތީ ސެނޮން ލައިގެން ހުރީ އޭނާ ލާކަހަލަ ހެދުމެއްކަން ވިކްޓޯރިއާ ވަނީ ފާހަގަކޮށްފައެވެ. 

ކްރިތީ ސެނޮން ވަނީ ވިކްޓޯރިއާގެ ޕޯސްޓު ރީ ޕޯސްޓުކޮށްފައެވެ. 

މިއީ އިންޑިއާގެ ސެލެބްރިޓީއަކަށް ވިކްޓޯރިއާ ބެކަމް ޝައުޓްއައުޓް އެއް ދިން ފުރަމަ ފަހަރެއް ނޫނެވެ. މީގެ ކުރިން ބޮލީވުޑްގެ ތަރި ނޯރާ ފަތޭހީ ވެސް ވިކްޓޯރިއާ ޑިޒައިންކޮށްފައިވާ ހެދުމެއް ލުމުން އޭނާވަނީ އެކަމަށް ތައުރީފުކޮށްފައެވެ.

ކްރިތީ ސެނޮން އެންމެ ފަހުން ފެނިފައިވަނީ ކާތިކް އަރުޔަން އާއެކު ފިލްމު 'ޝެހެޒާދާ' އިންނެވެ. އެ ފިލްމުން ކްރިތީ ފެންނަނީ ސަމަރާ ކިޔާ ގާނޫނީ ވަކީލެއްގެ ރޯލުންނެވެ.

0%
ކަމުގޮސްފި
50%
އަޑުއެހިތާ މިހުރީ
50%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް