ads
ޓެކްސީއެއް ބަލާ ފާސްކުރަނީ---- ދުވަސް ފޮޓޯ: އަބްދުﷲ އަބީދު
ޓެކްސީތަކުގައި ކެމެރާ ހަރުކުރަން ދިން މުއްދަތު އިތުރުކޮށްފި
ޓެކްސީތަކުގައި ޑޭޝް ކެމެރާ ހަރުކޮށް، ހިދުމަތް ފޯރުކޮށްދޭ ހުރިހާ ވަގުތެއްގައި އެ ކެމެރާއިން ރިކޯޑުކުރެވޭ ގޮތަށް ބެހެއްޓުމަށް ލާޒިމުކޮށް އާންމުކުރި "ޓެކްސީ ގަވާއިދު" އަށް އަމަލުކުރަން ފެށުން ފަސްކޮށްފި އެވެ.

ޓެކްސީ ތަކުގައި ކެމެރާ ހަރުކުރަން ލާޒިމުކޮށް "ޓެކްސީ ގަވާއިދު" އާންމުކުރީ މިދިޔަ އަހަރުގެ އޮގަސްޓް މަހުގެ 23 ވަނަ ދުވަހު އެވެ. އެދުވަހު މި ގަވާއިދު އާންމުކޮށް ގަވާއިދަށް އަމަލުކުރަން ފަށަން ވާނެ ކަމަށް ބުނެފައިވަނީ ހަ މަސް ދުވަހުގެ ތެރޭގައެވެ. 

އެ މުއްދަތު މިއަދަށް ހަމަވެ ގާނޫނަށް އަމަލުކުރަން ފަށަން ޖެހޭއިރު، މިއަދު ޓްރާންސްޕޯޓް މިނިސްޓްރީން ވަނީ އެ މުއްދަތު އިތުރު ތިން މަސް ދުވަހަށް ދަންމާލާ ގަވާއިދު އިސްލާހުކޮށް އަލުން އާންމުކޮށްފަ އެވެ. 

ޓެކްސީ ގަވާއިދުގެ ބައެއް މާއްދާތަކަށް ކުދިކުދި ބަދަލުތައް ގެނެސް މިއަދު އާންމުކޮށްފައިވާ ގަވާއިދުގައި ބުނެފައިވަނީ މި ގަވާއިދަށް އަމަލުކުރަން ފަށާނީ މިއަދުން ފެށިގެން ތިން މަސް ދުވަސް ފަހުން ކަމަށެވެ. ދެން މި ގަވާއިދަށް އަމަލުކުރަން ފަށާނީ މިއަހަރުގެ މެއި މަހުގެ 23 ވަނަ ދުވަހު އެވެ.

މިއަދު އާންމުކޮށްފައިވާ އިސްލާހުގައި "ޓެކްސީ މިންގަނޑު" ގެ ދެ މާއްދާއަކަށް ކުދިކުދި އިސްލާހުތަކެއް ވެސް ވަނީ ގެނެސްފައެވެ. 

މާއްދާ ކުރީން އޮތްގޮތް:

  • (ށ)މަގެއްގެ އަރިމަތީގައި ހުންނަ މީހަކު އުޅަނދަކަށް ބަލާއިރު، އެ އުޅަނދުން ދަތުރުކުރާ ފަސިންޖަރުން ސާފުކޮށް ފެންނަ ގޮތަށް ޓެކްސީގެ ބިއްލޫރި ހުރުން.
  • (ނ) ޓެކްސީތަކުގައި ޑޭޝް ކެމެރާ ހަރުކޮށް، ޓެކްސީ ހިދުމަތް ފޯރުކޮށްދޭ ހުރިހާ ވަގުތެއްގައި އެ ކެމެރާއިން ރިކޯޑުކޮށްފައި ހުންނަންވާނެއެވެ. އަދި މި ގޮތަށް ކޮށްފައިވާ ރިކޯޑިންތައް، އެންމެ މަދުވެގެން ހަތް ދުވަހުގެ މުއްދަތަށް ބަހައްޓަންވާނެ އެވެ.

މި ދެމާއްދާއަށް ގެނައި ބައެއް ބައިތަށް އިތުރުކޮށް ގެނައި އިސްލާހުގައި ބުނެފައިވަނީ، ޓެކްސީގައި ކެމެރާ ހަރުކުރެވިފައިވާ ކަމާއި، ރިކޯޑު ކުރެވެމުންދާ ކަން ފަސިންޖަރުންގެ ސަމާލުކަމަށް ގެންނަންވާނެ ކަމަށެވެ. އަދި ރިކޯޑިންތައް މަދުވެގެން ހަތް ދުވަހުގެ މުއްދަތަށް ރައްކާކޮށްފައި ބަހައްޓަންވާނީ އެކަމަށްޓަކައި ހާއްސަކޮށް އިންސްޓޯލް ކޮށްފައިވާ ސްޓޯރޭޖް ޑިވައިސްއެއްގައި ކަމަށެވެ. 

މި ރިކޯޑިންތައް އެހެން އެއްވެސް އެއްޗަކަށް އަޅައި އެ ރިކޯޑިންތައް އެއްވެސް ފަރާތަކާއި ހިއްސާކުރުމަކީވެސް މަނާކަމެއް ކަމަށް ބަޔާންކޮށްފައި ވެއެވެ. 

50%
ކަމުގޮސްފި
50%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް