
އަފްގާނިސްތާނުގެ ފިރިހެން ވޮލީ ޓީމު މިއަދު ހަވީރު މޮޅުވީ ސިންގަޕޫރާ ވާދަކޮށް ތިން ސެޓު އެއް ސެޓުންނެވެ. މި މެޗު އަފްގާނިސްތާނުން ކާމިޔާބުކުރީ ސިންގަޕޫރުން ސެޓެއް ހޯދާފައިވަނިކޮށް ފަހަތުން އަރާ ތިން ސެޓު ހޯދައިގެން 3-1 އިންނެވެ. ސެޓުތައް ދިޔައީ 22-25، 25-23، 25-23 އަދި 25-23 އިންނެވެ.
މުބާރާތުގައި އަފްގާނިސްތާން ކުޅޭ ދެ ވަނަ މެޗުގައި މާދަމާ މެންދުރު ނުކުންނާނީ މެލޭޝިއާ އާ ދެކޮޅަށެވެ. ފިރިހެން ޑިވިޝަނުގެ ދެ ވަނަ މެޗުގައި ރާއްޖޭން މިރޭ 20:30 ގައި މެލޭޝިއާއާ ބައްދަލުކުރާނެ އެވެ.
މިއަދު ފުރަތަމަ މެޗުން ބަލިވި ސިންގަޕޫރު ދެ ވަނަ މެޗުގައި މާދަމާރޭ ރާއްޖެއާ ބައްދަލުކުރާނެ އެވެ.
މުބާރާތުގެ ފިރިހެން ޑިވިޝަނުގައި ވާދަކުރާ ޓީމްތަކަކީ، ރާއްޖެ، އަފްގާނިސްތާނު ސިންގަޕޫރު އަދި މެލޭޝިޔާއެވެ. އަންހެން ޑިވިޝަނުގައި އަފްގާނިސްތާނު ނޫން އަނެއް ތިން ޓީމުން ވާދަކުރެއެވެ.