ads
ރާކީ ސުވަންތު
ރާކީ ސާވަންތު އިސްލާމްވެއްޖެ
މިހާރު އޭނާއަކީ މުސްލިމެއްކަމަށް އިންޑިއާގެ މަޝްހޫރު ޓީވީ ތަރި ރާކީ ސާވަންތު ބުނެފިއެވެ.
Advertisement

ރާކީ ސާވަންތު މިހެން ބުނެފައިވަނީ އާދިލްގެ މައިންބަފައިންނާއި ބައްދަލުކުރަން ދިއުމަށްފަހު ނޫސްވެރިންނަށް ދިން އިންޓަވިއުއެއްގައެވެ. 

"ހިންދޫއެއްގޮތުގަ ހުރެގެން އާދިލްގެ އާއިލާއިން އަހަރެން ގަބޫލުނުކުރާނެކަމަށް ބުނީމަ އިސްލާމްވީ. އާދިލްގެ ބައްޕަކައިރީވެސް ބުނިން މިހާރު މީ މުސްލިމެކޭ އަދި އާދިލްގެ އަނބި މީހާއޭވެސް،" ރާކީ ބުންޏެވެ.

ރާކީގެ ފިރިމީހާ އާދިލް ވަނީ އިންޑިއާ ފުލުހުން ހައްޔަރުކޮށްފައެވެ. އަދި ކޯޓުން ވެސް ވަނީ ބަންދު ކުރުމަށް އަމުރުކޮށްފައެވެ. އާދިލް ހައްޔަރުކުރީ ރާކީއަށް އަނިޔާކުރިމަށް އޭނާ ކުރި ރިޕޯޓަކާ ގުޅިގެންނެވެ. 

އާދިލްގެ މައިންބަފައިންނާ ބައްދަލުކުރަން ރާކީ މައިސޫރަށް ގޮސް، އާދިލްގެ ރޭޕްގެ ޝިކާރައަކަށްވި އަންހެން ކުއްޖަކާވެސް ރާކީ ބައްދަލުކުރިކަމަށް ރިޕޯޓުތައް ބުނެއެވެ. 

ރާކީ ބުނެފައިވާ ގޮތުން އާދިލް ވަނީ ރާކީއަށް އަނިޔާކުރުމުގެ އިތުރުން އޭނާގެ ބަރަހަނާ މަންޒަރުތައް ނަގައި ނުދަންނަ މީހުންނަށް ވިއްކާފައެވެ. އަދި އާދިލް އަކީ މަސްތުވާތަކެތި ބޭނުންކުރާ މީހެއްކަމަށް ރާކީ ބުނެއެވެ. 

މީގެ އިތުރުން ރާކީ އަތުން 1.5 ކަރޯޑު ރުޕީޒް (2.7 މިލިއަން ރުފިޔާ) އާދިލް ނަގާފައިވާކަމަށްވެސް ރާކީ ބުނެއެވެ. އަދި އެ ފައިސާ އަދިވެސް އާދިލް އަނބުރާ ނުދޭކަމަށްވެސް ތުހުމަތު ކުރެއެވެ. 

your imageރާކީ އަދި އާދިލް ކައިވެނިކުރަނިކޮށް---

ރާކީއާއި އާދިލް ސިއްރުން ކައިވެނި ކުރީ ޖެނުއަރީ މަހުއެވެ. ނަމަވެސް އޭގެ މަހެއްހާ ދުވަސް ފަހުން އާދިލް ވަނީ ރާކީއާ ކައިވެނިނުކުރާކަމަށް ބުނެފައެވެ. ރާކީ ބުނީ އާދިލް އެހެން ބުނަނީ އާދިލްގެ ގާލް ފްރެންޑު ދެކެ ބިރުން ކަމަށެވެ. 

ރާކީ ތުހުމަތުކުރާގޮތުން ރާކީއާއި އާދިލް ކައިވެނިކިކުރި އިރުވެސް އާދިލް އުޅެނީ އެހެން ކުއްޖަކާ ރައްޓެހިވެގެންނެވެ.  އާދިލް ރައްޓެހިވެގެން އުޅޭ ކުއްޖާ ބަނޑުބޮޑު ކަމަށްވެސް ރާކީ ތުހުމަތުކުރިއެވެ. 

ރާކީ އަކީ އިންޑިއާގެ ޑާންސަރެއް، މޮޑެލެއްގެ އިތުރުން ފިލްމީ ތަރިއެކެވެ. ގިނަ އަދަދެއްގެ ޓީވީ ޓޯކް ޝޯ ވެސް އޭނާ ހޯސްޓުކުރެއެވެ.  އޭނާ ވަނީ ގިނަ ހިންދީ އަދި މަދުން ނަމަވެސް، ޓެލެގޫ އަދި ތަމަޅަ ފިލްމުތަކުން ފެނިގެން ގޮސްފައެވެ.

އިންޑިއާގެ ރިއަލިޓީ ޓީވީ ސީރީޒް "ބިގް ބޮސް 1" ގެ ފުރަތަމަ ސީޒަންގެ ކޮންޓެސްޓަންޓެއްގެ އިތުރުން "ބިގް ބޮސް 14" ގެ ޗެލެންޖަރެއްގެ އިތުރުން ފައިނަލިސްޓެއްގެ ގޮތުގައި ވެސް ރާކީ ފެނުނެވެ. 

53%
ކަމުގޮސްފި
32%
އަޑުއެހިތާ މިހުރީ
16%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް