
ފިރިހެން ޓީމުގެ ފުރަތަމަ މެޗުން ރާއްޖެ ބަލިވީ ތިން ސެޓު އެއް ސެޓުންނެވެ. ސެޓުތައް ދިޔައީ 25-20، 25-20، 25،20 އަދި 18-25 އިންނެވެ. މި މުބާރާތުގައި ރާއްޖޭގެ ފިރިހެން ވޮލީ ޓީމުން ދެވަނަ މެޗުގައި ހުކުރު ދުވަހުގެރޭ ނުކުންނާނީ، ސިންގަޕޫރާއި ދެކޮޅަށެވެ.
ރާއްޖެއާ މެލޭޝިޔާ އަދި ސިންގަޕޫރުގެ އިތުރުން މި މުބާރާތުގައި ކުޅެނީ އަފްގާނިސްތާނެވެ. އަފްގާނިސްތާނުންވަނީ ފުރަތަމަ މެޗުގައި ސިންގަޕޫރު ބަލިކޮށްފައެވެ.
އަންހެން ޑިވިޝަނުގައި އަފްގާން ނޫން އަނެއް ތިން ޓީމު ކުޅެއެވެ. އަންހެން ޑިވިޝަންގެ ފުރަތަމަ މެޗުން ރޭ ރާއްޖެވަނީ މެލޭޝީޔާ އަތުން ބަލިވެފައެވެ.
މި މުބާރާތުގެ ހުޅުވުމުގެ ރަސްމިއްޔާތައް ފަހު ބުރާސްފަތި ދުވަހުގެރޭ ކުޅުނު މެޗު ޝަރަފުވެރިކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިސަލް ނަސީމެވެ. މި މެޗަށްފަހު ނައިބު ރައީސް ވަނީ ޓީމަށް ހިތްވަރު ދެއްވައިފައެވެ.