ads
ކެފޭއަށް ގެއްލުންދޭ މަންޒަރު ފެންނަ ފުޓޭޖުގެ ސްކްރީން ޝޮޓެއް---
މަރުތެޔޮ ހިފައިގެން ދެމީހަކު ވަދެ، ކެފޭއެެއް ސުންނާފަތި ކޮށްލައިފި
މޫނު ނިވާކޮށްގެން ތިބި ބަޔަކު ހުޅުމާލެ ކެފޭއަކަށް ގެއްލުންދީފި އެވެ.
Advertisement

މިކަމާއި ގުޅިގެން ފުލުހުން ބުނީ ރޭގެ ވަގުތެއްގައި އެމައްސަލަ ހުށަހެޅިފައިވާ ކަމަށާއި، ގެއްލުން ދިން މީހުން ހޯދުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ. 

ސޯޝަލް މީޑިއާގައި ދައުރުވަމުންދާ އެ ކެފޭގެ ސީސީޓީވީ ފުޓޭޖުން ފެންނަނީ މޫނު ނިވާކޮށްގެން ސައިކަލެއްގައި އައި ދެމީހަކު ކެފޭ އާއި ދިމާލަށް އަންނަތަނެވެ. ކޮންމެ މީހެއްގެ އަތުގައި މަރުތޭލެއް އޮތްއިރު، އެމީހުން އަންނަން ފެށުމުން ކެފޭގެ ކައުންޓަރުގައި އިން ބިދޭސީ މީހާ ދުވެފިލާ މަންޒަރު ފެނެއެވެ. 

ހެލްމެޓާއި މާސްކުން މޫނު ނިވާކޮށްގެން ތިބި އެދެމީހުން އައި ގޮތަށް އައި ފުރަތަމަ އެތަނުގެ ބޭރު ބިއްލޫރިގަނޑު ތަޅާލާތަން ފެނެއެވެ. އަދި އެޔަށްފަހު އެތަނުން އެކަކު ކުޑަދޮރުން އެތަނުގެ ކައުންޓަރު މައްޗަށް އަރާ އެތެރެއަށް ފުންމާލާ މަންޒަރުވެސް ފެނެއެވެ. އަދި މަރުތޭލުން ތަޅާ އެތަނުގެ ތެރޭގައި ހުރި ހުރިހާ އެއްޗެއް ސުންނާފަތި ކުރަމުންދިޔަ މަންޒަރު ފެނެއެވެ. އޭގެތެރެއިން ބޭރުގައި ހުރި މީހާ ކައުންޓަރުގެ ވަތްގަނޑުގައި ހުރި ފައިސާތައް ނަގާ މަންޒަރު ވެސް ފެނެ އެވެ. 

އެކަމަކު މި މީހުން އެކަން ކުރީ ފައިސާތަށް ނެގުމުގެ ބޭނުމުގައި ކަމެއް ނުވަތަ އެކަމުގައި އޮތް މަގުސަދެއް އަދި ސާފެއް ނުވެއެވެ. އެެމީހުން ފުރަތަމަ ވެސް އައިސް ތަނުގައި ހުރި ހުރިހާ އެއްޗެއް ތަޅާ ސުންނާފަތި ކުރަން ފެށިއިރު ވަތްގަނޑުގައި ހުރި ފައިސާތަށް ނަގާކަށް މަސައްކަތެއް ނުކުރެ އެވެ. ފައިސާތައް ނެގީ އެތަނުގައި ހުރި ގިނަ އެއްޗެހިތަކަކަށް ގެއްލުން ދިނުމަށްފަހު އެވެ. އެހެންކަމުން މިއީ ވައްކަން ކުރަންވެގެން އައި ބަޔަކަށް ވުރެ ބޮޑަށް ބައެއްގެ ވިޔަފާރީއަށް ގެއްލުން ދިނުމުގެ މަގުސަދުގައި ކޮށްފައިވާ ކަމަކަށް ވުންވެސް އެކަށީގެންވެއެވެ. 

ފުލުހުން މިކަމާއި ގުޅިގެން އަދި މައުލޫމާތެއް ހާމައެއް ނުކުރެ އެވެ. ނަަމަވެސް އެމީހުން ހޯދުމުގެ މަސައްކަތް ދަނީ ކުރަމުން ނެވެ. 

13%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
25%
ސަތޭކައަކުން ސުމެއް
63%
ވަރަށް ސަލާމް
ކޮމެންޓްސް