ކެބިން ކުރޫގެ ވަޒީފާ އަދާކުރަމުން އަންނަ ޝިއުފާ ބުރުގާ ނަގައިގެން ޓިކްޓޮކެއް މިހާރު ވަނީ ހިއްސާކޮށްފަ އެވެ.
ބުރުގާ އަޅައިގެން ކުޅެފައިވާ ހުރިހާ ޓިކްޓޮކް ވީޑިއޯތަކެއް ވެސް މިހާރު ވަނީ ޑީލީޓުކޮށްފަ އެވެ. އިންސްޓަގްރާމުންވެސް އޭނާގެ ހުރިހާ ފޮޓޯއެއް ވަނީ ޑިލީޓުކޮށްފަ އެވެ.
ވަރަށް ގިނަ ޓިކްޓޮކް ކުޅޭ ދިވެހީން މަގުބޫލުކަން ހޯދުމަށް މިހާރަކަށް އައިސް ބުރުގާ ބާލާ ފައި ވެއެވެ.
އެގޮތުން ޓިކްޓޮކުން މަގުބޫލުކަން ހޯދި މަރިޔަމް ޝިފާ ވެސް ބުރުގާ ނެގީ ޓިކްޓޮކުން ލިބުނު މަގުބޫލުކަމަށް ފަހު އެވެ. އަދި އޭގެފަހުން ފާޑުކިއުންތައް އަމާޒުވަމުން ދިއުމުން އަލުން ބުރުގާ އަޅާ އަނެއްކާ މިހާރު ހުރީ ބުރުގާ ބާލާފަ އެވެ.