ads
މާފުށީ ބީޗް
މާފުށީ ބީޗުން ފޯނެއް ވަގަށް ނަގައި މޫދަށް އެއްލާލި މީހަކު ޖަލަށް
މާފުށީ ބީޗުން ޗައިނާ މީހެއްގެ ފޯނު ވަގަށް ނެގި މާފުށީ މީހަކު ޖަލަށްލާން ހުކުމްކޮށްފިއެވެ.

މާފުށީ ބީޗުން ފޯނެއް ވަގަށް ނަގައިގެން ޖަލަށްލާން ހުކުމް ކުރީ، އެ ރަށު މާވިނަ މުހައްމަދު ޒަރީރު ކިޔާ މީހެއްގެ މައްޗަށެވެ. 

އޭނާގެ މައްޗަށް އެއް މަހާ 24 ދުވަހުގެ ޖަލު ހުކުމެއް ކުރިނަމަވެސް އެ ހުކުމްވަނީ ޖޫރިމަނާއަކަށް ބަދަލުކޮށްފައެވެ. އަދި މި މައްސަލައިގައި ހިމެނޭ މީހާ، އެ ފޯނު މޫދަށް އެއްލާލުމުން ފޯނުަ ހަލާކުވެފައިވާތީ އިތުރު ހުކުމެއްވެސް އައެވެ.

މިއީ މިދިޔަ އަހަރުގެ ކުރީކޮޅު ހިނގި ހާދިސާއަކާ ގުޅޭ މައްސަލައެކެވެ. މިދިޔަ އަހަރުގެ އޭޕްރީލް މަހު ކުރީކޮޅު، އެއް ދުވަހެއްގެ ހެނދުނު ޗައިނާ މީހަކު، މާފުށީ ލޯކަލް ބީޗުގައި ދަބަހެއްގެ ތެރޭގައި އޭނާގެ ވާވޭ މޭޓް ޕްރޯ 20 ފޯން ބާއްވާފައި އޮއްވާ އެ ފޯން ޒަރީރު ވަގަށް ނަގައެވެ. 

މި މައްސަލައިގައި ދައުވާ ކުރުމުން ޒަރީރުވަނީ ފޯނު ވަގަށް ނެގިކަން ޝަރީއަތުގައި އިއުތިރާފުވެފައެވެ. އެހެންކަމުން މައްސަލަ ކުރިއަށް ގެންގޮސްފައިވަނީ އަވަސް ނިޔާގެ މައްސަލައެއްގެ ގޮތުގައެވެ.

މި މައްސަލައިގައި އެއް މަހާ 24 ދުވަހުގެ ޖަލު ހުކުމްވަނީ 10800 ރުފިޔާގެ ޖޫރިމަނާއަކަށް ބަދަލުކޮށްފައެވެ.

މި މައްސަލައިގައި ޒަރީރު ފޯނު ވަގަށް ނެގިކަން އެނގިގެން ފުލުހުން އޭނާ ފަހަތުން ދިޔުމުން އޭނާވަނީ ފޯނު މޫދަށް އެއްލާލާފައެވެ. ފޯނު މޫދަށް އެއްލާލުމުން ފޯނުގެ ކެމެރާ ހަލާކުވި މައްސަލައިގައި ދައުލަތުންވަނީ ވަކި ދައުވާއެއް ޒަރީރުގެ މައްޗަށް ކޮށްފައެވެ. 

މުދަލަށް ގެއްލުން ދިނުމުގެ މި ދައުވާވެސް ސާބިތުވެފައިވަނީ އޭނާގެ އިއުތިރާފުންނެވެ. ފޯނު ހަލާކުކޮށްލި މައްސަލައިގައި އިއްވި 13 ދުވަހުގެ ޖަލު ހުކުމްވަނީ 2600 ރުފިޔާގެ ޖޫރިމަނާއަކަށް ބަދަލުކޮށްފައެވެ.

މާފުށީ މެޖިސްޓްރޭޓް ކޯޓުން މި ދެ މައްސަލައިގެ ހުކުމް ކުރީ މިދިޔަ ހަފްތާގައެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
100%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް