ads
އިންޑަސްޓްރިއަލް ވިލެޖް ސާފުކުރުމުގެ މަސައްކަތުގެ ތެރެއިން އެ ސަރަހައްދު ކުނި ނަގާ ސާފުކޮށްފައި
3 ދުވަހުން އިންޑަސްޓްރިއަލް ވިލެޖުން 900 ޓަނު ކުނި
މާލޭ އިންޑަސްޓްރިއަލް ވިލެޖް ސާފުކުރުމުގެ މަސައްކަތްކތުގެ ތެރެއިން އެ ސަރަހަދުން މިހާތަނަށް 900 ވުރެ ގިނަ ޓަނުގެ ކުނި ނަގައިފިއެވެ.

ކުނިއަޅާ ގޮނޑަކަށް ހަދާފައި އޮތް މާލޭ އިންޑަސްޓްރިއަލް ވިލެޖް ސާފުކުރުމުގެ މަސައްކަތް ފެށީ މިމަހުގެ 3 ވަނަދުވަހުއެވެ. އެ ސަރަހައްދު ސާފުކުރުމުގެ މަސައްކަތް ކުރަމުން އަންނަނީ މާލޭ ސިޓީ ކައުންސިލުންނެވެ. މި މަސައްކަތުގައި ވެމްކޯއާ ގެދޮރުވެރިކަމާއި ބެވޭ ވުޒާރާއާ އެމްޕީއެލްގެ އިތުރުން ފުލުހުން ވެސް ބައިވެރިވެއެވެ.

އިންޑަސްޓްރިއަލް ވިލެޖް ސާފުކުރުމުގެ މަސައްކަތުގެ ތެރެއިން މިދިޔަ 3 ދުވަހުގެ ތެރޭގައި އެ ސަރަހައްދުން 928 ޓަނުގެ ކުނި ނަގާފައިވާކަމަށް ވެމްކޯއިން ވެެމްކޯއިން ބުނެއެވެ. އަދިވެސް އެ ސަރަހައްދު ސާފުކުރުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ. 

މާލޭ ސިޓީ ކައުންސިލުން ބުނީ އިންޑަސްޓްރިއަލް ވިލެޖް ސަރަހައްދު ސާފުކޮށް ނިމުމުން އެ ސަރަހައްދަށް ދެން އާއްމުންނަސް ނުވަދެވޭނެކަމަށެވެ. އަދި ސާފުކޮށް އެއްކޮށް ނިމުމުން މަގު ބައްތި ހަރުކޮށް އެ ސަރަހައްދު އަލިކުރާނެކަމަށްވެސް ކައުންސިލުން ބުނެއެވެ. 

އިންޑަސްޓްރިއަލް ވިލެޖުގެ ބައެއް ސަރަހައްދުތަކަކީ އެކު ކުންފުނިތަކަށް ދިފައިވާ ސަރަހައްދުތައްކަމުން ފެންސް ޖަހާ އެ ސަރަހައްދުތައް ވަކިކުރުމަށްވެސް ކައުންސިލުން ވަނީ ނިންމާފައެވެ. 

ސިޓީ ކައުންސިލުން ބުނީ އިންދަސްޓްރިއަލް ވިލެޖް ކުނި ގިނަވެ ގޮނޑުވެފައިވަނީ ޕިކަޕްތަކުގައި އެ ސަރަހައްދަށް ކުނި އަޅާތީކަމަށެވެ. އެހެންކަމުން އެ ސަރަހައްދު ސާފުކުރުމަށްފަހު ބައެއް މަގުތަކަށް އާއްމުކޮށް ނުވަދެވޭގޮތަށް ބަންދުކުރާނެކަމަށެވެ.

ކުނި ބަރުކޮށްގެން ދިޔަ ޕިކަޕަކުން މާލޭ އިންޑްސްޓްރިއަލް ވިލެޖަށް ކުނި އުކާލާ މަންޒަރު ފެންނަ ވީޑިއޯ ދާދި ފަހުން ވަނީ ސޯޝަލް މީޑިއާގއި އާޢްމުވެފައެވެ. 

އިންޑަސްޓްރިއަލް ވިލެޖް ސަރަހައްދަކީ ކުޜިގެ ރައީސް ޔާމީންގެ ވެރިކަމުގައި ހިއްކި ތަނަކެވެ. އޭރު އެތަން ހިއްކީ މާލޭގއި ހުރި  ގުދަންތަކާއި ވޯކްޝޮޕާއި ވެހިކަލް މަރާމާތުކުރާ ގަރާޖު ފަދަ ތަންތަން، އާއްމުން ދިރިއުޅޭ ހިސާބާއި ދުރަށް ގެންދިޔުމުގެ ބޭނުމަގައެވެ. އެހެންނަމަވެސް އެ ސަރަހައްދުގެ ބޭނުން ނުހިފި އެތަން އޮތީ ކުނި އުކާލާ ސަރަހައްދަކަށް ވެފައެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް