
ދިވެހި އަންހެން ވޮލީ ޓީމު ކުޅުންތެރިއެއް
ފޯ ނޭޝަނަސް ކަޕް: އަންހެން ޓީމު ދެވަނަ މެޗުންވެސް ބަލިވެއްޖެ
ސްޕޯޓްސް ޓީމް
24 ފެބްރުއަރީ 2023 - 20:54:08
ފޯ ނޭޝަންސް ކަޕްގައި ރާއްޖޭގެ ގައުމީ އަންހެން ވޮލީ ޓީމުން ކުޅުނު ދެ ވަނަ މެޗުންވެސް ބަލިވެއްޖެއެވެ.
ދެވަނަ މެޗުގައި ދިވެހި އަންހެން ޓީމު މިއަދު ބަލިވީ ސިންގަޕޫރުގެ އަންހެން ޓީމާ ކުޅެ ސީދާ ތިން ސެޓުންނެވެ. ސެޓުތައް ދިޔައީ 26-28، 21-25 އަދި 14-25 އިންނެވެ.
ސިންގަޕޫރު އަތުން މިއަދު ރާއްޖެ ބަލިވިއިރު، ފުރަތަމަ މެޗުގައި މެލޭޝީޔާ އަތުން ރާއްޖެ ބަލިވީ ތިން ސެޓު ދެ ސެޓުންނެވެ. މުބާރާތުގައި ރާއްޖެ ކުޅުނު ދެ މެޗުން ބަލިވިއިރު، ލީގު ބުރުގެ ފަހު މެޗުގައި ސިންގަޕޫރު ނުކުންނާނީ މެލޭޝިއާއާ ދެކޮޅަށެވެ.
ސިންގަޕޫރާ މެލޭޝިޔާ ކުޅޭ މެޗުން މޮޅުވާ ޓީމެއް ފައިނަލުގެ ފުރަތަމަ ޖާގަ ހޯދާއިރު، އެ މެޗުން ބަލިވާ ބަޔަކު ބަލިކޮށްގެން ރާއްޖެއަށް ފައިނަލުގެ ފުރުސަތު އޮންނާނެއެވެ. އެއީ ޕްލޭއޮފް މެޗެއް ކުޅެ ފައިނަލަށް ދާ ގޮތަށް މުބާރާތް ރާވާފައި އޮތީމައެވެ.
0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް