ads
ދިވެހި ޓީމުގެ ކުޅުންތެރިއެއް
ފޯ ނޭޝަންސް ކަޕް: ސިންގަޕޫރު އަތުން ސީދާ ތިން ސެޓުން ރާއްޖެ މޮޅުވެއްޖެ
މާލޭގައި މިހާރު ފެށިގެން ކުރިއަށްދާ ފޯ ނޭޝަނަސް ކަޕްގައި ރާއްޖޭގެ ފިރިހެން ވޮލީ ޓީމުން ހުކުރު ދުވަހުގެ ރޭ ސިންގަޕޫރު އަތުން މޮޅުވެއްޖެއެވެ.
Advertisement

ރާއްޖޭން ސިންގަޕޫރުގެ މައްޗަށް ކުރި ހޯދީ ސީދާ ތިން ސެޓުންނެވެ. މެޗުގެ ސެޓްތައް ރާއްޖެއިން ކާމިޔާބު ކުރީ 26-24، 25-20 އަދި 25-21 ންނެވެ.

މި ނަތީޖާއާއެކު މުބާރާތުގެ ފައިނަލުގެ އުއްމީދު ރާއްޖެއަށްވަނީ އާވެފައެވެ. ސިންގަޕޫރުގެ ކޯޗަކީ ރާއްޖޭގެ ކުރީގެ ކޯޗު ސުންޓޮން ފޮސީޓާ އެވެ.

ސިންގަޕޫރު އަތުން ރާއްޖެ މޮޅުވި މޮޅުވުމަކީ މި މުބާރާތުގައި ރާއްޖޭގެ ފުރަތަމަ މޮޅެވެ. 

ކުރީ މެޗުގައި ރާއްޖެވަނީ މެލޭޝިޔާ އަތުން ބަލިވެފައެވެ. އަދި ލީގު ބުރުގެ ފަހު މެޗުގައި ރާއްޖެ ނުކުންނާނީ ވަރުގަދަ އަފްގާނިސްތާނާ ދެކޮޅަށެވެ. ސިންގަޕޫރަށް އޮތީ މެލޭޝިއާ އާ ދެކޮޅަށް ކުޅޭ މެޗެވެ.

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް