ads
ޔުނައިޓެޑު ކުޅުންތެރިން ޔޫރޮޕާ ލީގުގައި
ޔުނައިޓެޑް ރިއާލް ބެޓިސްއާ، އާސެނަލް ލިސްބަންއާ ދެކޮޅަށް
ޔޫރޮޕާ ލީގުގެ ގަދަ 16 ގެ ބުރުގައި މެންޗެސްޓަ ޔުނައިޓެޑް، ސްޕެއިންގެ ރިއަލް ބެޓިސްއާ ދެކޮޅަށް އަދި އާސެނަލް ޕޯޗުގަލްގެ ސްޕޯޓިން ލިޒްބަންއާ ދެކޮޅަށް ކުޅެން ޖެހިއްޖެއެވެ.

ޔޫރޮޕާ ލީގުގެ ގަދަ 16ގެ ގުރުއަތު ނެގީ ހުކުރު ދުވަހުއެވެ. ބާސެލޯނާ ކަޓުވާލައި މުބާރާތުގެ ގަދަ 16 އަށް ވަތް ޔުނައިޓެޑުން މި ބުރުގައި ކުޅެން ޖެހޭނީ ސްޕެއިންގެ ރިއަލް ބެޓިސްއާ ދެކޮޅަށެވެ. މިއީ ޔުނައިޓެޑުގެ ހޯމް މެޗެވެ. 

ޔޫރޮޕާ ލީގުގައި އާސެނަލް ޖެހޭނީ ޕޯޗުގަލަްގެ ސްޕޯޓިން ލިޒްބަންއާއެވެ. މި މެޗަކީ އާސެނަލްގެ އަވޭ މެޗެވެ. މި މެޗުތައް ކުޅޭނީ މާރިޗު މަހުގެ ނުވަވަނަ ދުވަހުއެވެ. 

ގަދަ 16 ގެ އެހެން މެޗުތަކުގެ ތެރޭގައި އިޓަލީގެ ރޯމާއާ ސްޕެއިންގެ ރިއާލް ސޮސިއެދާދު މެޗާ، ސެވިއްޔާއާ ފެނަބާޗޭގެ މެޗު އަދި ޝަހްތާޑޮނެސްޓާ ފޭނޫޑްގެ މެޗު ފާހަގަކޮށްލެވެއެވެ. 

މާރިޗު މަހުގެ ނުވަވަނަ ދުވަހު ފުރަތަމަ ލެގުގެ މެޗުތައް ކުޅުމަށް ފަހު ދެވަނަ ލެގުގެ މެޗުތައް އޮންނާނީ މާރިޗު 16 ގައެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް