ads
ކުރިން މާރާމާރީ ހިންގާ ޒަހަމުކޮށްލި ސަރަހައްދުގައި ފުލުހުން
ފިހާރައެއްތެރޭގައި ޒަހަމުކޮށްލި މީހާގެ ހާލު ސީރިއަސް، އޮތީ ވެންޓިލޭޓަރުގައި
މާލޭގެ ފިހާރައެއްތެރޭ ތޫނުއެއްޗަކުން ހަމަލާދީ ޒަހަމްކޮށްލި މީހާގެ ހާލު ސީރިއަސް ކަމަށް އައިޖީއެމްއެޗް އިން ބުނެފި އެވެ.
Advertisement

އައިޖީއެމްއެޗް އިން މައުލޫމާތު ދޭގޮތުގައި އޭނާއަށް ފަރުވާ ދެމުންދަނީ ކްރިޓިކަލް ހާލަތުގައި ވެންޓިލޭޓަރުގައި ބާއްވައިގެން ނެވެ. އޭނާއަށް ލިބިފައިވާ އަނިޔާގެ ތަފްސީލެއް އެއްވެސް އިދާރާއަކުން ހާމައެއް ނުކުރެ އެވެ. 

މަންޒަރު ދުށް މީހުންނާއި ހަވާލާދީ މައުލޫމާތު ލިބޭގޮތުގައި އޭނާގެ ހަށިގަނޑުގެ އެކި ތަންތަންނަށް ވަޅިން ހަމަލާދީފައި ވެއެވެ. 

އުމުރުން 30 އަަހަރުގެ މި މީހާއަށް ހަމަލާދީފައިވަނީ ހެލްމެޓުން މޫނު ނިވާކޮށްގެން ތިބި ދެ މީހަކެވެ. މާފަންނު މުރަނގަމަގު، ބީޖީ ގަރާޖު ކައިރީގައި "ކްރާޝާ" ނަމަކަށް ކިޔާ އެ ފިހާރައަށް ވަދެ ފިރިހެން މީހާއަށް ހަމަލާދިން ވަގުތު ކައުންޓަރުގައި އިން ކޭޝިޔަރު ހޭނެތިގެން ވެއްޓުނު ކަމަށް ވެސް ވެއެވެ.

މޫނު ނިވާކޮށްގެން ތިބި ދެ މީހަކު ފިހާރައަކަށްވަދެ މީހަކަށް ހަމަލާދިން އިރު، މިދިޔަ ބުރާސްފަތި ދުވަހު ހުޅުމާލޭގައި ހުންނަ ޖޫސް ޓައިމް ކިޔާ ތަނަކަށް ވެސް ދެމީހަކު މޫނު ނިވާކޮށްގެން ވަދެ ވަނީ ގެއްލުންދީފަ އެވެ. އަދި މިމަހުގެ 14 ވަނަ ދުވަހު ވިލިމާލެ ފެރީ ޓާމިނަލް ތެރޭގައިވެސް މީހަކަށް ތޫނު އެއްޗަކުން ހަމަލާދީ ވަނީ ޒަހަމުކޮށްލާފައެވެ. އޭނާއަށް ވެސް ހަމަލާދިނީ ގޭންގު ހަދައިގެން އޭނާއަށް ހަމަލާދޭން ދިޔަ ބަޔަކާ ފިލަން އެތަނަށް ވަދެ ހުއްޓައެވެ. 

މި މައްސަަލަތަކުގައި ޝާމިލުވާ މީހުން ހައްޔަރުކުރެވުނުކަން މިހާތަނަށް ފުލުހުން އަދި ހާމައެއް ނުކުރެ އެެވެ. އެކަމަކު ޖޫސް ޓައިމްސް އަށް މޫނު ނިވާކޮށްގެން ވަދުނު ދެމީހުން ދުއްވި ސައިކަލު ފުލުހުން މިހާރު ވަނީ ހޯދާފައެވެ. އަދި އެކަމުގައި ޝާމިލުވާ ދެމީހުން ހޯދުމުގެ މަސައްކަތް ދަނީ ކުރަމުން ނެވެ.

18%
ކަމުގޮސްފި
35%
އަޑުއެހިތާ މިހުރީ
12%
ސަތޭކައަކުން ސުމެއް
35%
ވަރަށް ސަލާމް
ކޮމެންޓްސް