ads
އަލީގެ "ކަންދަހާރު" އަންނަ މޭ މަހު ސްކްރީނަށް!
ކާމިޔާބު އެތަކެއް ހޮލީވުޑް ފިލްމުތަކެއް ވެސް ކުޅެފައިވާ ބޮލީވުޑްގެ އެކްޓަރު އަލީ ފަޒަލްގެ އާ ފިލްމު "ކަންދަހާރު" އަންނަ މޭ މަހު ރިލީޒްކުރާ ގޮތަށް ހަމަޖެހިއްޖެއެވެ.

އެ ފިލްމު ސްކްރީން ކުރުމަށް ނިންމާފައިވަނީ މޭ މަހުގެ 26 ވަނަ ދުވަހު ކަމަށް ރިޕޯޓްތަކުން ބުނެއެވެ. 

"ކަންދަހާރު" އަކީ މިދިޔަ އަހަރު ނުކުތް އަލީގެ ހޮލީވުޑް ފިލްމަށްފަހު ސްކްރީން ކުރާ ފުރަތަމަ ފިލްމެވެ. މިދިޔަ އަހަރު އަލީ ފެނިގެންގެންދިޔަ ފިލްމަކީ "ދެތް އޮން ދަ ނައިލް" އެވެ.

އަލީ އާއެކު "ކަންދަހާރު" ގެ ލީޑު ރޯލުން ފެންނާނީ ކުޅަދާނަ ތަރި ޖެރާޑް ބަޓްލާ އެވެ. 

މީގެ ހަފްތާއެއްހާ ދުވަސް ކުރިން އޮފިޝަލް ޓްރެއިލާ ވެސް ރިލީޒްކޮށްފައި އެ ފިލްމަކީ އެމެރިކާގެ އިންޓެލިޖެންސް އޮފިސަރަކަށް، އަފްގާނިސްތާނުގައި ދިމާވި ކަންކަމުގެ ތަޖުރިބާގެ މައްޗަށް ބިނާކޮށް ހަދާފައިވާ ފިލްމެއް ކަމަށް ބޭރުގެ މީޑިއާތަކުގައި ބުނެފައިވެއެވެ.

ރިކް ރޯމަން ޑައިރެކްޓްކޮށްފައިވާ "ކަންދަހާރު" ގައި އަލީ ކުޅެފައިވަނީ ސީދާ ކޮންކަހަލަ ރޯލެއް ކަމެއް ހާމަކޮށްފައެއް ނުވެއެވެ. 

އަލީ މީޑިއާ ތަކަށް ދީފައިވާ އިންޓަވިއެެއްގައި ބުނެފައިވަނީ އެ ފިލްމަކީ އޭނާ އަށް ވަރަށް އުންމީދީ ފިލްމެއް ކަމަށެވެ.

50%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
50%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް