ads
ކޮމިޝަނަރު އޮފް ޕޮލިސް މުހައްމަދު ހަމީދު
ކެފޭ ސުންނާފަތި ކޮށްލުމާއި މާރާމާރީ: 16 މީހަކު ހައްޔަރުކޮށްފި
ހުޅުމާލޭ ޖޫސް ޓައިމްސްއަށް ގެއްލުންދީ ސުންނާފަތިކޮށްލި މައްސަލައާއި މާރާމާރީތަކާއި ގުޅިގެން 16 މީހަކު ހައްޔަރުކޮށްފިއެވެ.

ކޮމިޝަނަރު އޮފް ޕޮލިސް މުހައްމަދު ހަމީދު "އަދަދު" ނޫހަށް ވިދާޅުވީ ހުޅުމާލޭ ކެފޭ ސުންނާފަތި ކޮށްލުމާއި މާރާމާރީތަކާއި ގުޅިފައިވަނީ މާލޭގެ ހަތަރު ގޭންގަކާއިކަމަށާއި ގޭންގުތައް ހުއްޓުވުމަށް ފުލުހުން އޮޕަރޭޝަނެއް ފަށާފައިވާ ކަމަށެވެ. އެގޮތުން މިހާތަނަށް 16 މީހަކު ހައްޔަރުކޮށްފައިވާކަމަށް ހަމީދު ވިދާޅުވިއެވެ.

ސީޕީ ހަމީދު ވިދާޅުވީ މާލޭގައި މިފަހުން ހިންގި މާރާމާރީތަކާއި ގުޅިފައިވަނީ މާލޭގެ މަޝްހޫރު ހަތަރު ގޭންގަކާއި ކަމަށެވެ. އަދި އެކަމާއި ގުޅިގެން ދެ މަސް ދުވަހުގެ ތެރޭ 16 މީހަކު ހައްޔަރުކޮށްފައިވާކަމަށް ހަމީދު ވިދާޅުވިއެވެ.

އިއްޔެ ރޭ ހުޅުމާލޭ ޖޫސް ޓައިމްސްއަށް މޫނުނިވާކޮށް ހެލްމެޓް އަޅައިގެން ތިބި ދެ މީހުން ކޯރާޑި ހިފައިގެން ވަދެ އެތަންވަނީ ސުންނާފަތި ކޮށްލާފައެވެ. އަދި ރޭ މާފަންނުގައި ފިހާރައެއްގެ ތެރޭގައި ތޫނު އެއްޗަކުން ހަމަލާދީ 30 އަހަރުގެ ދިވެހި ފިރިހެނެއްވަނީ ޒަހަމްކޮށްލާފައެވެ. 

ރޭގެ ހަމަލާގައި ޒަހަމްވި ޒުވާނާގެ ހާލު ސީރިއަސްއިރު އޭނާއަށް ފަރުވާދެމުން ގެންދަނީ ވެންޓިލޭޓަރުގައެވެ. 

ގޭންގުތަކާއި ގުޅުންހުރި 16 މީހަކު ހައްޔަރުކޮށްފައިވާކަމަށް ވިދާޅުވި ނަމަވެސް، އިއްޔެ ރެއާއި ރޭގެ ހާދިސާއާއި ގުޅިގެން އެއްވެސް މީހަކު ހައްޔަރުކޮށްފައިވާކަމެއް ސީޕީ ކަށަވަރެއް ނުކޮށްދެއްވައެވެ.

ސީޕީ ހަމީދު ވިދާޅުވީ މާރާމާރީތަކާއި އެކި ކުށްތައް ކުރުމަށްފަހު ގޭންގުތަކުގެ މީހުން ފިލަން ވަންނަ ހަތަރުތަނެއް ފުލުހުންނަށް ދެނެގަނެވިފައިވާކަމަށާއި އެތަންތަން ބަލާފާސްކޮށް ކުށްކުރުމަށް ބޭނުންކުރާ ބައެއް ތަކެތި ފުލުހުން ހޯދާފައިވާ ކަމަށެވެ.

33%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
67%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް